މިނިވަން ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރު މިމަހު ފަށަނީ

dsc_0345

މިނިވަން ފުޓްބޯޅަ މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފައިނަލް ބުރުގެ ކުޅުން މިމަހުގެ 20 ވަނަ ދުވަހު ފަށާ ގޮތަށް އެފް.އޭ.އެމް އިން ނިންމައިފިއެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ފައިނަލް ބުރު ކުޅުމަށް ހަމަޖެހިފައިވަނީ އުތުރާއި ދެކުނަށް 8 ޒޯން ބަހާލައިގެންނެވެ.

ޒޯން މުބާރާތުގެ ފައިނަލް ބުރުގެ ކުޅުން އެރަށެއްގައި ބާއްވަން ޝައުޤުވެރިވާނަމަ އޮކްޓޯބަރ 9 ވަނަ ދުވަހުގެ 14:30 ގެ ކުރިން އެފް.އޭ.އެމް އަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހެއެވެ. ފައިނަލް ބުރު ކުޅޭނެ ރަށްތައް މި ހަފްތާ އިޢުލާން ކުރާނެކަމަށް ބެލެވެއެވެ.

މިދިޔަ އަހަރު އުތުރު ޒޯންތަކުގެ ފައިނަލް ބުރު ބޭއްވީ ހދ. ކުޅުދުއްފުށީގައެވެ. އަދި ދެކުނު ޒޯންތަކުގެ ފައިނަލް ބުރާއި ސެމީ އަދި ފައިނަލް ބޭއްވީ އައްޑޫ ސިޓީގައެވެ.

އޭދަފުއްޓާއެކު މި ސަރަހައްދުގެ ފައިނަލް ބުރުގައި މިފަހަރު ވާދަކުރާނީ، ހދ. ހަނިމާދޫ، ނ. ލަންދޫ އަދި އދ. މަހިބަދޫ އެވެ. ޒޯން ފައިނަލް ބުރުގައި ދެކުނު ސަރަހައްދުން ވާދަކުރާނީ ދ. ކުޑަހުވަދޫ، ތ. ތިމަރަފުށި، ގއ. ދެއްވަދޫ އަދި މިދިޔަ އަހަރުގެ ޗެމްޕިއަން ސ. ފޭދޫއެވެ. އޭދަފުއްޓާއި ފޭދޫ ނޫން ހުރިހާ ޒޯނަކުންވެސް ޗެމްޕިއަނުންގެ ގޮތުގައި މިފަހަރު ވާދަކުރާނީ މުޅިން އާ ޓީމުތަކެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.