ކަމަދޫ ކައުންސިލުގެ ނައިބް ރައީސް އިސްތިއުފާ ދީފި

ހަސަން ޒަރީރު (ވ) އޭނާ މިއަދު ވަނީ ކައުންސިލުން އިސްތިއުފާ ދެއްވާފައި
ހަސަން ޒަރީރު (ވ) އޭނާ މިއަދު ވަނީ ކައުންސިލުން އިސްތިއުފާ ދެއްވާފައި

އިސްތިއުފާ ދީފިނަމަ މި ސަރުކާރުގެ ޚަރަދުތައް ކޮންމެވެސް ވަރަކަށް ކުޑަވާނެކަމަށް ބުނެ، ބ. ކަމަދޫ ކައުންސިލްގެ ނައިބް ރައީސް ހަސަން ޒަރީރު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި ކައުންސިލަށް ހޮވިވަޑައިގެންނެވި ޒަރީރުގެ އިސްތިއުފާގެ ސިޓީގައި ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުން އާއްމުކޮށް ކާންބޯން ބޭނުންކުރާ ކާޑުގެ ބާވަތްތައް އަތްނުފޯރާ ވަރަށް ބޮޑުކޮށްފައިވާ ކަމަށާއި ލާމަރުކަޒީ ގާނޫނު އަނދާ އަޅިއަށް ހަދާލާފައިވާ ކަމަށެވެ.

“މިފަދަ އެތައް ބައިވަރު ކަންތައް ތަކެއް މިހެން ހުރުމާއެކު އަޅުގަނޑު ގަބޫލުކުރާގޮތުގައި އަޅުގަނޑު އެކަނި ނަމަވެސް އިސްތިއުފާ ދީފިނަމަ މި ސަރުކާރުގެ ޚަރަދުތައް ކޮންމެވެސް ވަރަކަށް ކުޑަވާނެކަމަށް އަޅުގަނޑަށް ފެންނާތީވެ. މިއަދުންފެށިގެން ކަމަދޫ ކައުންސިލުގެ ނައިބް ރައީސް ކަމުންނާއި ކައުންސިލުގެ މެންބަރުކަމުން އިސްތިއުފާދީފި އެވެ.،” އޭނާގެ އިސްތިއުފާގެ ސިޓީގައިވެ އެވެ.

ޒަރީރުގެ އިސްތިއުފާގެ ސިޓީގައި ބުނެފައި ވަނީ މި ސަރުކާރުން ކުރާ އެއްވެސް ކަމެއްގައި ކުދި ރަށްތަކަށް އެއްވެސް ފައިދާއެއް ނުވާ ކަމަށް ރައްޔިތުންވެސް ގަބޫލުކުރާ ކަމަށާއި ރައްޔިތުން އަސާސީ ހިދުމަތްތަކުން މަހުރޫމުވައިވާ ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގެ މަގުސަދު ހާސިލުކުރެވޭނެކަމަށްބުނެ ކަމަދޫ ކައުންސިލްގެ ކުރީގެ ރައީސް އަލީ އިސްމާއިލްވެސް މިއަހަރުގެ ޖޫންމަހުވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ.

ކަމަދޫ ކައުންސިލްގައި މިހާރު ހިމެނެނީ ޕީޕީއެމް އާއި އެމްޑީޕީގެ މެންބަރެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.