ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހަރީ އިނާމު ދިނުމުގެ ރަސްމިއްޔާތު އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނި ގޮތުގައި އެ ސްކޫލުގެ ހޯލުގައި ބާއްވާ އެ ޖަލްސާގައި އެޑިޔުކޭޝަން މިނިސްޓްރީގެ އިސްވެރިން ބައިވެރިވަޑައިގަންނަވާނެ އެވެ.
އެ މަރުކަޒުން އާއްމު ކޮށްފައިވާ އިނާމުލިބޭ ދަރިވަރުންގެ ލިސްޓްގައިވާ ގޮތުން އިނާމު ދިނުމުގެ ޖަލްސާގައި ޖުމްލަ 111 ދަރިވަރުންނަށް އިނާމު ލިބެ އެވެ.
އޭގެ ތެރޭގައި މިދިޔަ އަހަރުގެ އެންމެ މޮޅު އޯލެވެލް އަދި މިއަހަރުގެ އެންމެ މޮޅު އޭލެވެލް ދަރިވަރުގެ އިތުރަށް ކިޔެވުމާއި ކުޅިވަރު ހަރަކާތްތަކުން ނެޝަނަލް އެވޯޑް ހޯދި ކުދިންނަށާއި އޯލެވެލް އާއި އޭ ލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނާއި ގްރޭޑް 8 ން މަތީގެ ކުލާސްތަކުން ތަފާތު ވަނަތަކަށް ހޮވުނު ކުދިން ހިމެނެ އެވެ.