ދިރާގުން އައިފޯން 7ގެ ތިންވަނަ ސްޓޮކް ގެނެސް ވިއްކަން ފަށައިފި

big_utpavd1mrnwaejn

އައިފޯން ސީރީޒް ގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ، އައިފޯން 7 ގެ ތިންވަނަ ސްޓޮކް ދިރާގުން ރާއްޖެ ގެނެސް ވިއްކަން ފަށައިފިއެވެ.

ދިރާގުން ބުނި ގޮތުގައި، މިއަދު މިއީ އެކުންފުނިން ގެނައި އައިފޯން 7 ގެ ތިންވަނަ ސްޓޮކެވެ. .

މި ސްޓޮކުގައި ހިމެނޭ ފޯނުތައް، މީގެ ކުރިން އައިފޯން 7 ގަތުމަށް ދިރާގުގައި ޕްރީރަޖިސްޓާ ނުކޮށް ތިބި ފަރާތްތަކަށް ވެސް ގަނެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނާ ގޮތުން، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ދިރާގުގެ ކަސްޓަމާ ސަވިސް ސެންޓަރުތަކުން މި ފޯނު، މިހާރު ލިބެން ހުންނާނެއެވެ.

އެގޮތުން، ދިރާގު ހެޑް އޮފީހުން ކޮންމެ ދުވަހަކު ހެނދުނު އަށަކުން ހަވީރު ހަތަރަކަށް، އަދި ރޭގަނޑު އަށަކުން 10 އަށް އައިފޯން 7 ގަތުމަށް ލިބެން ހުންނާނެ ކަމަށާއި، ރާއްޖޭގެ އަތޮޅުތެރޭގައި ހުރި ދިރާގުގެ ރީޖަނަލް ސެންޓަރުތަކުން ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ލިބެން ހުންނާނެ ކަމަށް ދިރާގުން ބުނެއެވެ.

މިއަދު ދިރާގުން ވިއްކަން ފެށި އައިފޯން 7 ސްޓޮކުގެ ކުރިން ގެނައި ދެ ސްޓޮކު ވިއްކާފައިވަނީ، ފޯނު ގަތުމަށް ޕްރީރަޖިސްޓަރު ކުރި ފަރާތްތަކަށެވެ.

ދިރާގުން އައިފޯން 7 ގަންނަ ކޮންމެ ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރަކަށް ހަ މަސް ދުވަހަށް ފަސް ޖީބީގެ ހިލޭ ޑޭޓާ ލިބޭނެއެވެ. އަދި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް އެއް ޖީބީ ޑޭޓާއާއި ދިރާގު ނަމްބަރުތަކަށް ގުޅުމަށް ހިލޭ 300 މިނިޓު ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

މި ފޯނު އިންސްޓޯލްމަންޓަށް ނަގަން ބޭނުންވާ ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ދިރާގުން ވަނީ ޚާއްސަ ޕްލޭންތަކެއް ވެސް ތައާރަފު ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.