ފުލުހުން އޭދަފުށީ މަގުތަކުގެ ސެކިއުރިޓީ ސާވޭއެއް ހަދައިފި

ބ. އޭދަފުށީ ބަނދަރުމަތި. އީޓީ ފޮޓޯ / ރާއިފް ޔޫސުފް
ބ. އޭދަފުށީ ބަނދަރުމަތި. އީޓީ ފޮޓޯ / ރާއިފް ޔޫސުފް

ބ. އޭދަފުށީގައި ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ހެދުމަށް ހަމަޖެހިފައިވާ މަގުތަކުގެ ސަލާމަތީ މިންގަނޑުތައް ހުރި ނެތް ގޮތް ބެލުމަށް ފުލުހުން ސެކިއުރީޓީ ސާވޭތަކެއް ކޮށްފި އެވެ.

އޭދަފުށީގެ އިތުރުން ރ. އަތޮޅު ދުވާފަރާއި އުނގޫފާރު އަދި މީދޫ މަގުތަކުގެ ސެކިއުރިޓީ ސާވޭ ތަކެއް ވަނީ ހަދައިފަ އެވެ.

ފުލުހުން ބުނި ގޮތުގައި މި ސާވޭ ކޮށްފައިވަނީ މަހުގެ 03 ން 12 އަށް ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ރޯޑް ސޭފްޓީ ޔުނިޓްގެ މުވައްޒަފުންގެ ޓީމެއް އެރަށްރަށަށް ކުރަމުން ގެންދާ މދަތުރުގައި އެރަށް ރަށުގެ ރަށު ކައުންސިލްތަކާއި މަގު ހެދުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ބައްދަލުކުރުމަށްފަހު އެވެ.

އެގޮތުން މަގުމަތީގައި ބަހައްޓަންޖެހޭ ޓްރެފިކް ނިޝާންތައް ބެހެއްޓުމާއި ސަލާމަތީގޮތުން ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭ މަޢުލޫމާތު ހިއްސާކޮށް ކަމާގުޅޭ ފަންނީ ލަފަޔާއި އިރުޝާދު ފޯރުކޮށްދީފައިވާނެ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނި ގޮތުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ފުލުހުން ގެންދަނީ މި ގޮތަށް އަލަށް ހެދޭ މަގުތަކާއި ގުޅޭ ސެކިއުރިޓީ ސާވޭކޮށް ފުލުހުންގެ ތަޖުރިބާ ހިއްސާކުރަމުންނެވެ.

ތާރު އަޅައިގެން ޒަމާނީ ފެންވަރަށް އޭދަފުށީގެ ބޮޑެތި މަގުތައް ހެދުމުގެ މަސައްކަތް ފެށީ މިދިޔަ މަހު 30 ގަ އެވެ. މި މަޝްރޫއުގެ ދަށޫން މިހާރު ކުރަމުން ގެންދަނީ ކާނުތައް ހެދުމުގެ މަސައްކަތްތަކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.