ބ. އަތޮޅު މަދަރުސާގެ އެންމެ މޮޅު ދަރިވަރަަކަށް ތަސްނީމް

ބ. އަތޮޅު މަދަރުސާގެ މިދިޔަ އަހަރު އެންމެމޮޅު ދަރިވަރުގެ މަގާމު ހޯދި ތަސްނީމަށް ޝަރަފުވެރިމެހެމާން، ޑރ. އަލީ ޝަމީމު އިނާޟު ހަވާލުކޮށްދެއްވަނީ—ފޮޓޯ / ބ. އަތޮޅު މަދަރުސާ
ބ. އަތޮޅު މަދަރުސާގެ މިދިޔަ އަހަރު އެންމެމޮޅު ދަރިވަރުގެ މަގާމު ހޯދި ތަސްނީމަށް ޝަރަފުވެރިމެހެމާން، ޑރ. އަލީ ޝަމީމު އިނާޟު ހަވާލުކޮށްދެއްވަނީ—ފޮޓޯ / ބ. އަތޮޅު މަދަރުސާ

ބ. އަތޮޅު މަދަރުސާގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ދަރަވަންދޫ ވަށަފަރުގޭ މުހައްމަދު ތަސްނީމް ހޮވިއްޖެ އެވެ.

ތަސްނީމް އަށް އެވޯޑުތައް ހަވާލުކޮށްދެއްވީ ބ. އަތޮޅު މަދަރުސާގައި ރޭ ބޭއްވި މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ހަފުލާގެ ޝަރަފުވެރިމެހެމާން، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމު އެވެ.

ބ. އަތޮޅު މަދަރުސާއިން ރޭ ވަނީ 90 އަށްވުރެ ގިނަ ދަރިވަރުންނަށް އިނާމު ދީފަ އެވެ. އެގޮތުން ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރަށް ޕީ.ޓީ.އޭ އިން ދެމުން އަންނަ ޕީ.ޓީ.އޭ އެވޯޑްވެސް މި ޖަލްސާގައި ވަނީ ދީފައެވެ.
އެ ސްކޫލުގައި ޖީސީއީ އޯލެވެލް ހަދަން ފެށި އަހަރުންފެށިގެން ދެމުން އަންނަ މި އެވޯޑަކީ ދަރިވަރު މަތީ ތަޢުލީމަށް ދިއުމަށް އެހީއެއްގެ ގޮތުން ދެމުން އަންނަ އެވޮޑެކެވެ. އެންމެ ފުރަތަމަ މި އެވޯޑަށް ދެމުން އައީ 2000 ރުފިޔާއެވެ. އަދި 2014 ވަނަ އަހަރު 5000 ރުފިޔާ އަށް ބަދަލުކުރެވުނެވެ.

ދަރަވަންދޫ ފިއުލްސާވިސަސް އިން ވަނީ އެރަށު ސްކޫލްގެ އައި.ސީ.ޓީއަށް އިންޓެގްރޭޓް ކުރުމަށް ފަށާފައިވާ މަޝްރޫއަށް ބޭނުންވާ ފްލެޓް ސްކްރީން ޓީވީތައރަމްޒީ ގޮތުން ހަވާލުކޮށްދެއްވަނީ
ދަރަވަންދޫ ފިއުލްސާވިސަސް އިން ވަނީ އެރަށު ސްކޫލްގެ އައި.ސީ.ޓީއަށް އިންޓެގްރޭޓް ކުރުމަށް ފަށާފައިވާ މަޝްރޫއަށް ބޭނުންވާ ފްލެޓް ސްކްރީން ޓީވީތައރަމްޒީ ގޮތުން ހަވާލުކޮށްދެއްވަނީ

ނަމަވެސް މިއަހަރު މި އެވޯޑް ސްޕޮންސާ ކޮށްފައިވަނީ ދަރަވަންދޫ ފިއުލް ސާވިސަސް އިންނެވެ. އެގޮތުން މިއަހަރުން ފެށިގެން ދަރަވަންދޫ ފިއުލްސާވިސަސް ޕީ.ޓީ.އޭ އެވޯޑް ނަމަށް ބަދަލުކޮށް އެވޯޑް ގޮތުގައި ކޮންމެ އަހަރަކުވެސް ބްރޭންޑަޑް ލެޕްޓޮޕެއް ދޭގޮތަށް ހަމަޖެހިފައިވާ ކަމަށް ބ. އަތޮޅު މަދަރުސާއިން ބުންޏެވެ.

ރޭގެ ރަސްމިއްޔާތުގައި ދަރަވަންދޫ ފިއުލްސާވިސަސް އިން ވަނީ އެރަށު ސްކޫލްގެ އައި.ސީ.ޓީއަށް އިންޓެގްރޭޓް ކުރުމަށް ފަށާފައިވާ މަޝްރޫއަށް ބޭނުންވާ ފްލެޓް ސްކްރީން ޓީވީތައް، މިރަސްމިއްޔާތުގައި ރަމްޒީ ގޮތުން ވަނީ ހަވާލުކޮށްފަ އެވެ.

މީގެ އިތުރުން ރޭގެ ރަސްމިއްޔާތުގައިވަނީ ދަސްވާރު ޕްރޮގްރާމު ނިންމި ކުދިންނަށް އެ ޕްރޮގްރާމު ނިންމިކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.