އަންހެނުންނަށް ހާއްސަ ދަރުސެއް މާދަމާރޭ އޭދަފުށީގައި

ދީނީ ފޯރަމެއްގައި ޝެއިޚް އަލީ ޒާހިރު ވާހަކަ ދައްކަވަނީ، އޭނާގެ ހާއްސަ ދަރުސްތަކެއް މާދަމާރޭ އޭދަފުށީގަިއ އޮންނާނެ. / ފޮޓޯ / ދި-އިސްލާމް
ދީނީ ފޯރަމެއްގައި ޝެއިޚް އަލީ ޒާހިރު ވާހަކަ ދައްކަވަނީ، އޭނާގެ ހާއްސަ ދަރުސްތަކެއް މާދަމާރޭ އޭދަފުށީގަިއ އޮންނާނެ. / ފޮޓޯ / ދި-އިސްލާމް

އަންހެން ބޭކަނބަލުންނަށް އަމާޒުކޮށްގެން ޝެއިޚް އަލީ ޒާހިރުގެ ހާއްސަ ދަރުސެއް މާދަމާ ރޭ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އޮންނާނެ އެވެ.

ޖަމިއްޔަތުލް އަޚަވާތާއި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭ ގުޅިގެން ތައުލީމީ މަރުކަޒުގެ ހޯލުގައި ބާއްވާ މި ދަރުސް ފެށޭނީ މާދަމާރޭ 8:30 ގަ އެވެ.

“ދަރިން ތަރުބިއްޔަތު ކުރުމާއި ދިރިއުޅުމުގެ މައްސަލަައް” މި މައުލޫއަށް ޝެއިޚް އަލީ ޒާހިރު ދެއްވާ ދަރުސް އަޑުއެހުމަށް ވީހާވެސް ގިނަ އަންހެން ބޭފުޅުން ދިއުމަކީ ތައުލީމީ މަރުކަޒުގެ ޕީޓީއޭގެ ވަރަށްބޮޑު އެދުމެކެވެ.

ޕީޓީއޭ އިން ބުނި ގޮތުގައި އާއްމުކޮށް ހުޅުވާލައިގެން ބާއްވާ މި ދަރުސް އަޑުއެހުމަށް ހާޒިރުވާ ބެލެނިވެރިންގެ ތެރެއިން ހާޒިރީ އެންމެ ރަނގަޅު ކުލާހެއްގެ ބެލެނިވެރިންނަށް ރެސްޓޯރަންޓުން ޑިނާއެއްް ލިބޭނެ އެވެ.

މި ދަރުސްގެ އިތުރުން މާދަމާ އަސުރު ނަމާދަށްފަހު އޭދަފުށީ ހުކުރު މިސްކިތުގައި ފިރިހެން ބޭފުޅުންނަށް ހާއްސަކޮށްގެން ޝެހިޚް އަލީ ޒާހިރުގެ ދަރުސެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. އަދި މާދަމާ އޭދަފުށީ ހުކުރު މިސްކިތުގަިއ އިމާމުވެ، ހުކުރު ނަމާދު ކުރައްވާނީވެސް ޝައިޚް އަލީ ޒާހިރު އެވެ.

ޕީޓީއޭ އިން ބުނީ މި ދަރުސަށް އޭދަފުށީ ޒުވާނުންގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.