މި އަހަރުގެ ދާދާސާހަބް ޕާލްކޭ އެވޯޑް ޕްރާންއަށް ދޭން ނިންމައިފި

ޕްރާން
ޕްރާން

 

 

ހިންދީ ފިލްމް އިންޑަސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮއްފައިވާ އެކްޓަރ ޕްރާންގެ އަގު ވަޒަން ކުރުމުގެ ގޮތުން މި އަހަރުގެ ދާދާ ޕާލްކޭ އެވޯޑް އޭނާއަށް ދިނުމަށް ނިންމައިފި އެވެ.

1960 އާއި 1970ގެ އަހަރުތަކުގައި ޕްރާންގެ ރަން ޒަމާން ހިންދީ ފިލްމް އިންޑަސްޓްރީގައި ކުޅަދާނަ ހުނަރެއް ދައްކާފައިވާ ޕްރާން އެންމެ ގިނަބަޔަކަށް ކަމުގޮސްފައިވަނީ ނުބައިބައި ރޯލުތަކުން ނެވެ.

އިންޑިއާ ސަރުކާރުން ޕްރާންގެ އަގު ވަޒަންކޮށް މި ޚާއްސަ އެވޯޑު ޕްރާންއަށް ދޭކަން އިޢުލާން ކުރުމުން، ޕްރާންގެ ފިރިހެން ދަރިފުޅު ސުނިލް ސިކަންދު މީޑިއާގައި ވާހަކަ ދައްކަމުން ބުނެފައިވަނީ ” މިއީ އޭނާގެ ބައްޕަ އަށާއި މުޅި ޢާއިލާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް” ކަމުގަ އެވެ.  “ވިލަން އޮފް ދަ މިލޭނިއަމް”ގެ ނަމުން މަޝްހޫރުވެފައިވާ ޕްރާންއަށް މިލިބޭ އެވޯޑަކީ އިންޑިއާ ސަރުކާރުން ދޭ ވަރަށް ޝަރަފުވެރި އެވޯޑެކެވެ.

ހިންދީ ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ގިނަ ބަޔަކު ޕްރާންއަށް ކިޔުމަށް ފަހު، ބުނެފައިވާ ގޮތުގައި ޕްރާންގެ އަގު ވަޒަން ކުރުން މާބޮޑަށް ލަސްވެއްޖެ ކަމަށާއި މި އެވޯޑަކީ މާކުރިން އޭނާއަށް ދޭންޖެހޭ އެއްޗެއް ކަމުގައެވެ.

ހިންދީ ފިލްމް ކެރިއަރުގައި ޕްރާންއަށް ވަނީ ގިނަ އެވޯޑްތަކެއް ލިބިފައެވެ. އޭގެތެރޭގައި، ފިލް ފެއަރ އެވޯޑުގެ އިތުރުން ތަފާތު އެތައް އެވޯޑެއް ލިބިފައިވެ އެވެ. މީގެއިތުރުން ސީއެންއެން އިން ހޮވާ އޭޝިއާގެ އެންމެ މޮޅު 25 އެކްޓަރުންގެ ތެރޭގައިވެސް ޕްރާން ހޮވިފައި ވެއެވެ. އަދި ހިންދީ ސިނަމާއަށް ކޮއްދީފައިވާ އަގުނުކުރެވޭ ގިނަގުނަ މަސައްކަތްތައް ފާހަގަ ކުރުމުގެ ގޮތުން އިންޑިއާ ސަރުކާރުން ވަނީ ޕަދުމާ ބޫޝަން އެވޯޑުވެސް 2001 ވަނަ އަހަރު ޕްރާންއަށް ދީފައެވެ.

ޢުމުރުން 90ގެ އަހަރުތައް ގުނަމުން އަންނަ ޕްރާން މިހާރު އުޅެނީ މުސްކުޅި ބަލީގައި ވަރަށް ބަލިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.