ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިނާމުދިނުމުގެ ޖަލްސާ މިރޭ

މިދިޔަ އަހަރު ބ. އަތޮޅު ތައުލީމީ މަރުކަޒުގަިއ ބޭއްވި އަހަރީ އިނާމުދިނުމުގެ ޖަލްސާގެ ތެރެއިން-- / ފައިލްފޮޓޯ
މިދިޔަ އަހަރު ބ. އަތޮޅު ތައުލީމީ މަރުކަޒުގަިއ ބޭއްވި އަހަރީ އިނާމުދިނުމުގެ ޖަލްސާގެ ތެރެއިން– / ފައިލްފޮޓޯ

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހަރީ އިނާމު ދިނުމުގެ ރަސްމިއްޔާތު މިރޭ އެ ސްކޫލުގައި އޮންނާނެ އެވެ.

މިރޭ 8:30 ގައި އެ ސްކޫލުގެ ހޯލުގައި ފަށާ އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއު އެވެ.

މިދިޔަ އަހަރާއި މިއަހަރު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އެކި ހަރަކާތްތަކާއި ތައުލީމީ ގޮތުން ފާހަގަކޮށްލެވޭ ސަތޭކައެއްހާ ދަރިވަރުންނަށް މިރޭ އިނާމު ދޭނެ ކަމަށް އެ ސްކޫލުން ބުންޏެވެ.

އޭގެ ތެރޭގައި މިދިޔަ އަހަރުގެ އެންމެ މޮޅު އޯލެވެލް އަދި މިއަހަރުގެ އެންމެ މޮޅު އޭލެވެލް ދަރިވަރުގެ އިތުރަށް ނެޝަނަލް އެވޯޑް ހޯދި ކުދިންނަށާއި އޯލެވެލް އާއި އޭ ލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނާއި ގްރޭޑް 8 ން މަތީގެ ކުލާސްތަކުން ތަފާތު ވަނަތަކަށް ހޮވުނު ކުދިން ހިމެނެ އެވެ.

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ގަދަ ދިހައެއްގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 12 ކުއްޖަކު ހިމެނިފައި ވެ އެވެ. އަދި މިއަހަރު ބޭއްވި އޭލެވެލް އިމްތިހާނުންވެސް އެ ސްކޫލުގެ 12 ކުދިން ގަދަ ދިހައަކުން ޖާގަ ލިބޭވަރަށް ވަނީ ފާސްވެފަ އެވެ.

މިދިޔަ އަހަރު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިނާމުދިނުމުގެ ޖަލްސާ ޕަބްލިކް ސާވިސް މީޑިއާގެ ޓީވީއެމުންވަނީ ލައިވް ކޮށްފައެވެ. އަދި އެއީ އަތޮޅުތެރޭ ސްކޫލެއްގެ އިނާމުދިނުމުގެ ޖަލްސާ ލައިވްކުރި ފުރަތަމަ ފަހަރެވެ.

އީޓީ އަށް އެނގިފައިވާ ގޮތުގައި މިރޭ އޮންނަ އިނާމުދިނުމުގެ ޖަލްސާ ޓީވީއެމުން ލައިވް ނުކުރި ނަމަވެސް މާދަމާރޭ އެ ޖަލްސާގެ ރެކޯޑިން ޓީވީއެމުން ދައްކާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.