އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހަމްޕް އަށް

ފުޓްބޯޅަ ލެޖެންޑް ރޮބާޓޯ ކާލޯސް ހަމްޒާ އަށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހަވާލުކޮށް ދެނީ: — ފޮޓޯ/ރައީސް އޮފީސް

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ހޮވި ރާއްޖޭގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅޭ ހުނަރުވެރި މިޑްފީލްޑަރު ބ. އޭދަފުއްޓަށް އުފަން ހަމްޒާ މުހައްމަދު (ހަމްޕު) ހާސިލްކޮށްފި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ނަމުގައި މިރޭ ބޭއްވި ހަފްލާގައި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހަމްޕު ހޯދީ ކްލަބް ވެލެންސިއާގެ އަލީ ފާސިރު (ސެންޓޭ) އާއި މާޒިޔާގެ އަލީ ސަމޫހް (ސަމުއްޓޭ) އާ ވާދަކޮށެވެ.

ކްލަބާއި ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ 27 އަހަރުގެ ހަމްޕު އަކީ މިދިޔަ އަހަރު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތައްޓާ ހަމައަށް ގައުމީ ފުޓްބޯޅަ ޓީމަށް ނުދެވުނު ނަމަވެސް ދިވެހި ޓީމުގައި އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިއަކީ ހަމްޕު އެވެ.

“މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022” މިއީ ރާއްޖޭގައި މިހާ ފުޅާދާއިރާއެއްގައި ބާއްވާ މިފަދަ ފުރަތަމަ އެވޯޑް ޙަފްލާއެވެ. މި ޙަފްލާގައި ޖުމްލަ 18 ކުޅިވަރަކުން 108 އެވޯޑް ދީފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.