ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމާލައިފި

ބ. ގޮއިދޫ: އެ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާ މިހާރު ކުރަމުން އަންނަނީ ކޮމިޝަން ކުރުމުގެ މަސައްކަތް —

ބ. ގޮއިދޫގައި ގާއިމުކުރަމުން އަންނަ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީން ނިންމާލައިފި އެވެ.

އެ ކުންފުނިން ބުނިގޮތުގައި ގޮއިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމި، މިހާރު ކުރިއަށްދަނީ މަސައްކަތް ކޮމިޝަން ކުރުމުގެމަސައްކަތް ފެށުމުގެ ތައްޔާރީތައް ފެށުމުގެ މަސައްކަތެވެ.

ގޮއިދޫގެ ފެނުގެ ނިޒާމް ޑިޒައިންކޮށް، ރަށުގައި ދިހަ ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ވަނީ އަޅައިފަ އެވެ. އަދި ރަށުގެ ގޭގޭގައި ފެން މީޓަރު ބަހައްޓައި، ގެތަކަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފަ އެވެ.

މީގެ އިތުރުން، އާރުއޯ ފެސިލިޓީ ބިލްޑިންއެއް ހަދައި، ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ވަނީ ބަހައްޓައިފަ އެވެ.

މި މަޝްރޫއުގެ ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން އަށް ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކްގެ ހޮޅިވަޅުކައި ގޭގެއަށް ނަރުދަމާ ކަނެކްޝަން ވަނީ ގުޅައިދީފަ އެވެ.

މީގެ އިތުރުން ގޮއިދޫގައި ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި، ވެހިކަލް އަދި ފެން ތަޙްލީލު ކުރުމަށް ބޭނުންވާ ސާމާނު މި މަޝްރޫއުގެ ދަށުން ވަނީ ފޯރުކޮށްދީފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއަކީ 46 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.