ބ. ކިހާދޫ ސްކޫލަށް ޖާގަ އިތުރުކުރުމުގެ ގޮތުން ދެ ކްލާސްރޫމް އިމާރާތް ކުރުމާއެކު ސްކޫލުގެ ވަރާފާރު ރޭނުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.
ކިހާދޫ ސްކޫލުގައި ދެ ކްލާސްރޫމާއެކު ވަށާފާރު ރޭނުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ އިސްކޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.
މި މަސައްކަތް ހަވާލު ކުރުމުގެ އެގްރިމެންޓްގައި އެޑިޔުކޭޝަން މިނިޓްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އާއިޝަތު އަލީ އެވެ. އިސްކޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އަބްދުﷲ އެވެ.
99 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ 2.7 މިލިއަން ރުފިޔާ އަށެވެ.
ގްރޭޑް 1 އިން 10 އާ ހަމައަށް ކިޔަވައިދޭ ކިހާދޫ ސްކޫލުގައި 121 ދަރިވަރުން ތައުލީމް ހާސިލްކުރެ އެވެ.