ފޮޓޯ ސްޓޯރީ: ހިސާބުގަނޑު މާހެފުން

ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން، ދެކުނު ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ހާއްސަކޮށްގެން މިއަދު ބޮޑު މާހެފުމެއް ބާއްވައިފި އެވެ.

“ހިސާބުގަނޑު މާހެފުން” ގެ ނަމުހައި މިއަދު މެންދުރު 1:00ގައި ބޭއްވި މި މާހެފުން ފައްޓަވައި ދެއްވީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހްމަދު ރަފީއު އެވެ.

މާހެފުން އިންތިޒާމުކުރުމުގައި އިސްކޮށް އުޅުނު އާޝިއަތު މޫސާ ބުނީ މި މާހެފުމަކީ ހިސާބުގަނޑުގެ ހުރިހާ ގޭ ތަކުހެ އެއްބާރުލުމަކާއެކު ކުރިއަށް ގެންދެވުނު ކަމެއް ކަމަށެވެ. މީގެ ބޭނުމަކީ ގުޅުން ބަދަހިކޮށް، ވީހާ ވެސް ބޮޑަކަށް އެކުވެރިކަން އާލާކުރުން ކަމަށް އޭނާ ބުންޏެވެ.

“އެއްބައިވަންތަކަމާއި އެކުވެރިން އާލާކުރުމަށް މި ކުރެވޭ މަސައްކަތްތަކުގައި މިއަދު ފެނިގެންދިޔަ ކަހަލަ ރޫހެއް ކުރިއަށް ތަނުގައި ވެސް ފެނިގެންދާނެ ކަމަށް އުއްމީދުކުރަން،”

މި ހަރަކާތް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުނު އަބްދުލްގައްޔޫމު ބުނީ އެކުވެރިކަން އާލާ ކުރުމަށް މި ކުރާ މަސައްކަތާއެކު ކުރިއަށް އޮތް ތަނުގައި މި ގުޅުންތައް އިތުރަށް ބަދަހިކުރެވިގެންދާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށެވެ.

” މިހާރު މި ސަރަހައްދުގެ އަސްލު ރަށްވެހިން ރަށުގެ އެކި ސަރަހައްދުތަކަށް ބެހިގެން ގޮސްފައި މިވަނީ، ނަމަވެސް މި މަސައްކަތް ކުރުމުގެ ތެރޭގައި ވަރަށްބޮޑަށް އެނގިގެންދިޔަ އަޅުގަނޑުމެންގެ އާއިލާގެ އެތައް ބަޔަކު ވެސް އެކި ސަރަހައްދުތަކުގައި ދިރިއުޅެމުން ދާކަން،”

މާހެފުން އިންތިޒާމުކުރި ފަރާތުން ބުނީ އަންނަ އަހަރު “ހިސާބުގަނޑު މާހެފުން” މިއަށްވުރެއް ވެސް ބޮޑަށް ބާއްވަން މަސައްކަތް ކުރާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.