ރޯދަމަހަށް އުރީދޫގެ ހާއްސަ އޮފާތަކެއް

މިއަދު ފެށި މި އަހަރުގެ ރޯދަމަހާ ދިމާކޮށް އުރީދޫގެ ކަސްޓަމަރުންނަށް ގިނަ އޮފާތަކެއް ތައާރަފުކޮށްފި އެވެ.

އުރީދޫން ބުނީ ހާއްސަ ހިދުމަތްތަކެއް ތައާރަފްކުރީ ރޯދަ މަހުގައި އާއިލާއާއި ރައްޓެހިންނާއި އޮންނަ ގުޅުން ބަދަހިކޮށް އިތުރަށް ފުރހަމަކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ރޯދަ މަހުގެ ތެރޭގައި އުރީދޫގެ ކަސްޓަމަރުންނަށް ލިބިގެންދާ ހާއްސަ ހިދުމަތްތަކުގެ ތެރޭގައި:

ގުޑް މޯނިންގް މޯލްޑިވްސް!

ގުޑް މޯނިންގް މޯލްޑިވްސް ޕްރޮމޯޝަންގައި ބައިވެރިވުމުން ރަމަޟާން މަހުގެ ކޮންމެ ދުވަހެއްވެސް ފެށިގެންދާނީ 1ޖީބީ ހިލޭ ލިބޭ ބޯނަސް ޑޭޓާއާއި އެކު އެވެ. ދުވަހުގެ ހިލޭ ޑޭޓާ އެލަވަންސް ހޯއްދެވުމަށް، ފަތިހު 4:00 އިން ހެނދުނު 8:00 އާ ދެމެދު 5252 އަށް “BONUS” ޖަހާފައި އެސްއެމްއެސް އެއް ފޮނުވާލުމުން ޑޭޓާ ލިބިގެންދާނެ އެވެ. އެކްޓިވޭޓް ކުރާ ވަގުތުން ފެށިގެން އިރުއޮއްސި 6:00 އާ ދެމެދު ލިބޭ ބޯނަސް ޑޭޓާ ބޭނުން ކުރެވޭނެ އެވެ.

އުރީދޫ ރަމަޟާން ލަކީ ޑްރޯ އާއެކު އުމްރާ ދަތުރެއް!

ރަމަޟާން މަސް ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން ވަނީ މި މަހު އުރީދޫގެ ކޮންމެ ޚިދުމަތެއް ވެސް އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް ވަރަށް އަގުހުރި އިނާމުތަކާއިއެކު ލަކީ ޑްރޯއެއް ހުޅުވާލާފަ އެވެ. މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި 10 ކަސްޓަމަރުންނަށް ކޮންމެ ހަފްތާއަކު 100 ޖީބީޑޭޓާ ހޯދުމުގެ އިތުރުން ދެ ކަސްޓަމަރުންނަށް އުމްރާ ދަތުރެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ސުޕަނެޓް ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް.

އުރީދޫ މޯލްޑިވްސް އިން މި މަހު އަލަށް ސުޕަނެޓް ކަނެކްޝަނެއް އެކްޓިވޭޓް ކުރާ ނުވަތަ ސުޕަނެޓް ޕްލޭން އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ މުއްދަތަށް، ކޮންމެ މަހަކު 100 ޖީބީ ބޯނަސް ޑޭޓާ ލިބޭނެ އެވެ. ސުޕަނެޓް ގެ ޚިދުމަތް ފަސޭހަކަމާއެކު އޮންލައިންކޮށް ހޯދުމަށް ނުވަތަ ޕްލޭން އަޕްގްރޭޑް ކުރުމަށް ore.do/supernet ޒިޔާރަތްކޮށްލައްވާށެވެ.

ސައުދީ އައިޑީޑީ ޕެކް

ސައުދީ އައިޑީޑީ ޕެކް ބޭނުންކޮށްގެން ސައުދީ އަރަބިއްޔާގައި ތިބި ރަހުމަތްތެރިންނާއި އާއިލާގެ މީހުންނާ މުއާމަލާތްކޮށް، ކަސްޓަމަރުންނަށް 100 މިނެޓާއި 1ޖީބީގެ ސޯޝަލް ޑޭޓާ (ވައިބާ، ވަޓްސްއެޕް، އައިއެމްއޯ) ހަމައެކަނި 150 ރުފިޔާއަށް ލިބޭނެ އެވެ.

އެމް-ފައިސާ އަދި ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށް ފިޠުރު ޒަކާތް ދެއްކުން

އެހެން އަހަރުތަކެކޭ އެއްފަދައިން، ގޭގައި ތިބެގެން ފަސޭހަކަމާއިއެކު އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް އުރީދޫ މޯލްޑިވްސްއިން ވަނީ މިއަހަރުވެސް ފަހިކޮށްދީފަ އެވެ. އެމް-ފައިސާ މެދުވެރިކޮށް ޒަކާތްދެއްކުމަށް އުރީދޫ އެޕް ޑައުންލޯޑް ކޮށްލައްވާށެވެ.

މީގެ އިތުރުން ޕްރީޕެއިޑް ކަސްޓަމަރުންނަށް ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށް ވެސް ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެ އެވެ. ޕްރީޕެއިޑް ބެލެންސް ބޭނުންކޮށްގެން ޒަކާތް ދައްކާލުމަށް *909# އަށް ޑައަލް ކޮށްލައްވާށެވެ.

ޓެކްސްޓަ އަ ކޮފީ މެދުވެރިކޮށް ރޯދަވިއްލުމެއް ހަދިޔާ ކޮށްލުމުން ހިލޭ 1ޖީބީ ހޯދުމުގެ ފުރުސަަަތު

މި ރަމަޟާން މަހު، އުރީދޫ ކަސްޓަމަރުންނަށް ޓެކްސްޓް އަ ކޮފީ މެދުވެރިކޮށް ރޯދަވިއްލުމެއް ނުވަތަ މީރު ބުއިމެއް ހަދިޔާ ކޮށްލުމުން ހިލޭ 1ޖީބީ ހޯދުމުގެ ފުރުސަަަތު ވަނީ ހުޅުވާލާފަ އެވެ. މަގުބޫލު ރެސްޓޯރެންޓްތަކާއި ކެފޭތަކުގެ ކެއުމާާއި ބުއިންތަަައް ހަަަދިޔާާ ކޮށްލެވޭ ޓެކްސްޓަަ އަަަަ ކޮފީ މެދުވެރިކޮށް ހަަަަަދިޔާއެއް ފޮނުވާލުމަަށް ore.do/txtcofy ޒިޔާރާތްކުރައްވާާށެވެ.

އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތުތަކުގެ އެލަރޓް

މި ރަމަޟާން މަހު ނަމާދު ވަގުތުތަކަށް ސަމާލުވުމަށް އެހީ އެލަރޓް ލިބިގަތުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ އެވެ. އެގޮތުން ވައިބަރ ބޭނުންކުރާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ނަމާދު އެލަރޓް އެކްޓިވޭޓްކޮށްލެވޭނެ
އެވެ. އަދި ނަމާދު އެލަރޓް އެސްއެމްއެސް އެއްގޮތުގައި ހިލޭ ހޯއްދެވުމަށް “GO” ޖެއްސެވުމަށް ފަހު 4777 އަށް އެސްއެމްއެސް ކޮށްލައްވާށެވެ.

ރީތިޓިއުންސް

“Ramadan” ޖެއްސެވުމަށް ފަހު 4000 އަށް އެސްއެމްއެސް ކޮށްގެން ރީތިޓިއުންސް މެދުވެރިކޮށް ކީރިތި ގުރުއާންގެ އާޔަތްތަކާއި ރީތި މަދަހަ ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.