ރޯދަމަހާ ދިމާކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ފޮޓޯ މުބާރާތެއް އިއުލާން ކޮށްފި އެވެ.
“ބީއެމްއެލް ފޮޓޯ ޗެލެންޖް” ގެ ނަމުގައި ކުރިއަށްގެންދާ މި މުބާރާތް އޮންނާނީ އޭޕްރިލް 3-30 އަށެވެ.
މުބާރާތުގައި ބައިވެރިވާން ކުރަން ޖެހޭ ކަމަކީ ރޯދަމަހު އާއިލާ ނުވަތަ ރައްޓެހިންނާއެކު ހޭދަކުރާ އުފާވެރި މަންޒަރުތައް ދައްކުވައިދޭ ފޮޓޯއެއް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި (ފޭސްބުކް، އިންސްޓަގްރާމް އަދި ޓްވިޓަރ) @bankofmaldives އަށް ޓެގްކޮށް #RoadhaWithAmexޖެހުމަށް ފަހު ޝެއާކުރުމެވެ.
މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު ނަސީބުވެރި ދެ ފަރާތެއް ހޮވައި އެއިން ކޮންމެ މީހަކަށް 1500ރ ގެ ފައިސާގެ ލިބޭނެ އެވެ. މި މުބާރާތުގެ ނަސީބުވެރިން ކޮންމެ ހަފްތާއަކު އިއުލާން ކުރާނެ އެވެ.