ދޮންފަނު ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސަށް ހުށަހަޅައިފި

ބ. ދޮންފަނު ރައްޔިތުންގެ ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ، މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

ދޮންފަނު ކައުންސިލަރުންގެ އެދިވަޑައިގަތުމުގެ މަތިން ރައީސް މިއަދު ވަނީ އެރަށު ކައުންސިލަރުންނާ ރައީސް އޮފީހުގައި ބައްދަލު ކުރައްވައިފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ދޮންފަނު ކައުންސިލުން މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ ރަށުގެ ބަނދަރާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއި  ގޯތިދޫކުރުމާއި ވޭސްޓްމެނޭޖްމަންޓް ސެންޓަރު ބޭނުންކުރުމުގައި ކުރިމަތިވާ ބައެއް ދަތިތަކެވެ. އަދި ކައުންސިލް އިދާރާއާއި ސްކޫލާއި ހެލްތު ސެންޓަރުގެ ޖާގައިގެ ދަތިކަމާއި ސްކޫލާއި ހެލްތު ސެންޓަރުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ބޭނުންވާކަންކަމުގެ އިތުރުން  ޒުވާނުންނަށް ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއް ތަރައްޤީކުރަން ބޭނުންވާކަން ވެސް ރައީސަށް ހިއްސާކުރެއްވި އެވެ.

ކައުންސިލަރުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު، ދޮންފަނު ތަރައްގީގެ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ކައުންސިލަރުންނާ ހިއްސާކުރެއްވި އެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.