ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ހަނިފަރު ހަމަޖައްސަން ހުށަހަޅައިފި

ބ. ހަނިފަރު

ބ. ދޮންފަނު ރައްޔިތުން ޕިކްނިކް ދިއުމަށް ހާއްސަ ރަށެއްގެ ގޮތުގައި ދޮންފަނުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ އެ ރަށާ ކައިރީގައި އޮންނަ ހަނިފަރު ހަމަޖައްސައިދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހަޅައިފި އެވެ.

ދޮންފަނު ކައުންސިލްގެ ހުށަހެޅުން ރައީސް ސޯލިހަށް ހުށަހެޅީ ރައީސް އޮފީހުގައި އިއްޔެ އެމަނިކުފާނާ އެކު ދޮންފަނު ކައުންސިލަރުން ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.

މިބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ދޮންފަނު ރައްޔިތުން ޕިކްނިކް ގޮސްހަދާނެ ރަށެއް މިވަގުތު ނެތުމުން ހަނިފަރު އެކަމަށް ހާއްސަކޮށްދިނުމަށަށް ރައީސްގެ އަރިހުގައި އެދިފަ އެވެ.


މީގެ އިތުރުން މިބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ދޮންފަނު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށުގެ ތަރައްގީއަށް އެންމެ މުހިއްމު ކަންކަމާ ގުޅޭގޮތުން ރައީސް ސޯލިހާ މަޝްވަރާކުރައްވާފަ އެވެ.

އެގޮތުން ކައުންސިލަރުން ވަނީ ދޮންފަނު ބަނދަރާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއި ރަށުން އިތުރު ގޯތި ދޫކުރުމާއި ވޭސްޓްމެނޭޖްމަންޓް ސެންޓަރު ބޭނުންކުރުމުގައި ކުރިމަތިވާ ބައެއް ދަތިތައް ރައީސްގެ ސަމާލުކަމަށް ގެންނަވާފަ އެވެ. ކައުންސިލް އިދާރާއާއި ސްކޫލާއި ހެލްތު ސެންޓަރުގެ ޖާގައިގެ ދަތިކަމާއި ސްކޫލާއި ހެލްތު ސެންޓަރުގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ކަންކަމާއި އަދި ޒުވާނުންނަށް ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއް ތަރައްގީކުރަން ބޭނުންވާ ކަމަށްވެސް ފާހަގަކުރެއްވެވި އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.