އުރީދޫ ސުޕަނެޓުގެ ހިދުމަތް މާފުއްޓަށް

އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ކ. މާފުއްޓަށް މިއަދު ތައާރަފުކޮށްފި އެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ މާފުއްޓަށް އެ ހިދުމަތް ތައާރަފު ކުރީ ރާއްޖޭގެ ހުރިހާ ރަށަކަށް އުރީދޫގެ ހިދުމަތް ފުޅާ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ކަމަށެވެ. އަދި އުރީދޫއަށް ފިކްސްޑް އިންޓަނެޓްގެ ލައިސަންސް ލިބުމާއި އެކު، އެންމެ މުހިއްމު އެއް އަމާޒަކަށް ވެގެންދިޔައީ ދިވެހިރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

ސުޕަނެޓްގެ ހިދުމަތާ އެކު މާފުށީ ރައްޔިތުން ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާ ގުޅުވާލަދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

“ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވަ ޚިދުމަތް އެކުލެވޭ މި ޕެކޭޖަތަކަކީ މާކެޓްގައި މިހާރު ހުރި އެންމެ ފުރިހަމަ ޕެކޭޖްތައް. ކުރިއަށް އޮތް ތަނުގައި ވެސް ދިވެހިންގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް މަންފާވާނެ ފަދަ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނަން،” ނިޔާޒު ވިދާޅުވި އެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށް ދިނުމަށް އުރީދޫން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފަ އެވެ. މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ ލިބޭނެ އެވެ.

މީގެ އިތުރުން ސުޕަނެޓް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށް ވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާ އެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާ އެއްވާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.