ނަލަ ނަލަ ރާއްޖެ ވީޑިއޯ ޗެލެންޖުގެ އެސޯސިއޭޓް ޕާޓްނަރަކަށް އުރީދޫ

ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދާ “ނަލަނަލަ ރާއްޖެ” ވީޑީއޯ ޗެލެންޖްގެ އެސޯސިއޭޓް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ.

ނަލަ ނަލަ ރާއްޖެ ވީޑިއޯ ޗެލެންޖަކީ މިޓޫރިޒަމް މިނިސްޓްރީން ބާއްވާ ސޯޝަލް މީޑިއާ މުބާރާތެކެވެ. މުބާރާތުން މޮޅުވާ ފަރާތްތަކަށް އަގު ހުރި ފައިސާގެ އިނާމުތަކުގެ އިތުރުން ހޮލިޑޭ ޕެކޭޖްވެސް ލިބިގެންދާނެއެވެ.

އެސޯސިއޭޓް ޕާޓްނަރެއްގެ ހައިސިއްޔަތުން އުރީދޫ ގެ ޙިދުމަތްތައް ފޯރުކޮށްދޭ 10 ގައުމުގައި ވާ 117 މިލިއަނަށްވުރެ ގިނަ މީހުންނަށް މި ވީޑިއޯ ޗެލެންޖް ޕްރޮމޯޓްކުރުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫން މައުލޫމާތުދެއެވެ. މި ވީޑިއޯ ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނާއި ބޭރުގެ ފަރާތްތަކަށްވެސް ހުޅުވާލާފައިވެއެވެ.

މި ޗެލެންޖްގައި ބައިވެރިވުމަށް ނަލަ ނަލަ ރާއްޖެ ތީމް ލަވައަށް ލިޕް ސިންކް ކުރާ ވީޑިއޯއެއް އެ ބައިވެރިންގެ ފޭސްބުކް، އިންސްޓަގްރާމް ނުވަތަ ޓިކްޓޮކް އެކައުންޓްގައި ހޭޝްޓެގްތަކާއެކު ޕޯސްޓް ކޮށްލުމުން ބައިވެރިވެވޭނެއެވެ.

މި މުބާރާތުން ވަނަ ތަކަށް ދިވެހިންނާއި ބޭރު މީހުން ވަކިވަކިން ހޮވާލެވޭނެއެވެ. ވަނަތަކަށް ހޮވޭ ދިވެހި ނަސީބުވެރި ފަރާތްތަކަށް 25000 ރުފިޔާއާއި ހަމައަށް ފައިސާގެ އިނާމުގެ އިތުރުން އުރީދޫ މައިފައިއެއް ލިބިވަޑައިގަންނަވާނެއެވެ. ވީޑިއޯ ޗެލެންޖުގައި ބައިވެރިވާ ބޭރު ގައުމުތަކުގެ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކަށް ހޮލިޑޭ ޕެކޭޖަކާއި އެކު އުރީދޫ ޓޫރިސްޓް މައިފައި އެއް ދިނުމަށް ހަމަޖެހިފައެވެ.

މި ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު 30 ޖޫން 2022 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ބައިވެރިން ކެޓަގަރައިޒް ކުރަނީ ކޮންމެ ޕްލެޓްފޯމެއްގައި ވެސް އެ ޕްލެޓްފޯމެއްގައި ބައިވެރިންގެ ފޮލޯވާސް ބޭސްއަށް ބިނާކޮށެވެ. ބައިވެރިވާފަރާތްތަކަށް ގިނަވެގެން 3 ވީޑިއޯ ޕޯސްޓް ކުރުމުގެ ފުރުސަތު ލިބޭނެއެވެ. ވަނަތައް ހޮވައި، ކޮންމެ ކެޓަގަރީއަކުން ވެސް އެންމެ ގިނަ ވިއުސް، ލައިކްސް، އަދި ޝެއަރ ލިބޭ ވީޑިއޯތަކަށް ޕްރޯ ރަޓާ އުސޫލުން ޕޮއިންޓް ދެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.