މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ހިއްސާއަކަށް 1.48 ރުފިޔާ ބަހަން ނިންމައިފިއެވެ.
މިދިޔަ އަހަރުގެ ފައިދާއިން އެ ބޭންކުގެ ހިއްސާދާރުންނަށް 33 މިލިއަން ރުފިޔާ ބަހަން ފާސްކޮށްފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު އެ އެމްއައިބީގެ ބޯޑުން ބޭއްވި ބައްދަލުވުމެއްގައެވެ.
އެމްއައިބީން ބުނީިގޮތުގައި 1.488 ރުފިޔާގެ މަގުން ޖުމްލަ ހިއްސާދާރުންނަށް 33 މިލިއަން ރުފިޔާ ބަހަން އެ ބޭންކުގެ ބޯޑުން ނިންމާފައިވެއެވެ.
އެމްއައިބީގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހެއް އެ ބޭންކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
އިސްލާމީ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގައި މާލީ ހިދުމަތްތައް ދިނުމަށް ހާއްސަ ބޭންކެއްގެ ގޮތުގައި އެމްއައިބީ ހުޅުވީ 2011 ވަނަ އަހަރު އެވެ. އެ ބޭންކް ފުރަތަމަ އުފެއްދީ ދިވެހި ސަރުކާރުގެ 15 ޕަސެންޓް ހިއްސާ އާއި އިސްލާމިކް ކޯޕަރޭޝަންގެ ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަ (އައިސީޑީ)ގެ 85 ޕަސެންޓް ހިއްސާއާ އެކު އެވެ. ނަމަވެސް، ފަހުން ސަރުކާރުން 10 ޕަސެންޓް ހިއްސާ އިތުރަށް ގަނެ، ސަރުކާރުގެ ހިއްސާގެ ނިސްބަތް 25 ޕަސެންޓަށް އިތުރުކުރި އެވެ.