ބަކުރުބޭގެ މައްޗަށް ހަރަމްފުޅުގައި ކަށު ނަމާދުކޮށްފި

އަބޫބަކުރު އުމްރާގައި.

އުމްރާގެ އަޅުކަމުގައި އުޅެނިކޮށް އިއްޔޭ ރޭ ފަތިހު ކުއްލި ގޮތަކަށް ނިޔާވި އޭދަފުށީ، މާބަގީޗާގޭ އަބޫބަކުރު ހަސަން (ބަކުރުބޭ) ގެ މައްޗަށް، މަސްޖިދުލް ހަރަމްގައި ކަށުނަމާދު ކޮށްފިއެވެ.

މައްކާގެ މަސްޖިދުލް ހަރަމްގައި ބަކުރުބޭގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ ރޭގެ ފަތިސް ނަމާދަށް ފަހު އެވެ.

ރެއަކީ ރަމަޟާންމަހުގެ 27 ވިލޭރޭ ކަމަށް ވުމުން، ރޭގެ ފަތިސް ނަމާދާއި ކަށުނަމާދުގައި ދެ މިލިއަނަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް މައްކާގެ ރަސްމީ މަސްދަރުތަކުން ބުނެއެވެ.

ހަރަމްފުޅުގައި ރޭ ފަތިސް ނަމާދަށްފަހު އޮތް ޖަނާޒާގައި ހަތަރު މީހެއްގެ ކަށު ނަމާދު ކުރިއެވެ. ބަކުރުގެ ޖަނާޒާގައި އާއިލާގެ މެމްބަރުންނާއި، އުމްރާއަށް ގޮސް ތިބި ހުރިހާ ދިވެހިން ބައިވެރިވިއެވެ.

ބަކުރުގެ ސަންދޯއް (ކަޅު ކުލައިގައި) ކަށުނަމާދަށް ހަރަމްފުޅަށް ގެންގޮސްފައި

ބަކުރުބޭ ނިޔާވީ އިއްޔެ ރޭ ފަތިސް ނަމާދަށް ފަހު ކުއްލިއަކަށް މެޔަށް ތަދެއް އަރައިގެން ހޮސްޕިޓަލަށް ގެންދަން އުޅެނިކޮށެވެ.

ބައްޕައާ އެކު އުމްރާ އަށް ގޮސް ހުރި އަބޫބަކުރުގެ ފިރިހެން ދަރިފުޅު، ލިސާން އަބޫބަކުރު ބުނީ މުސާފިރީން އުމްރާ ގްރޫޕްގެ ހަވާލުގައި މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު އުމްރާ އަށް ބައްޕަ ފުރީ ވަރަށް އުފަލުން ހުރެ ކަމަށެވެ.

ލިސާން ބުނީ ދީނީ ކަންތައްތަކަށް ސަމާލުކަން ދީ، ހެޔޮ ކަންތައްތަކަށް ބައްޕަ ބާރުއެޅުވި ކަމަށެވެ. އޭނާ ސިފަކުރި ގޮތުގައި އެވަރުގެ ރަނގަޅު، ހެޔޮ ބައްޕައެއް މި ދުނިޔެ މަތީގައި ނުލިބޭނެ އެވެ.

އަބޫބަކުރު މީގެ ކުރިން 3-4 ފަހަރު އުމްރާއަށް ދިޔަ އެވެ. އެ ދަތުރުތަކުގައި އޭނާގެ ބައެއް ދަރިން ބައިވެރި ވިޔަސް މިއީ އޭނާ އުންމީދުކުރި ގޮތަށް ހުރިހާ ދަރިންނާ އެކު ދިޔަ އުމްރާ އެވެ.

ބަކުރުބެ ނިޔާވުމުގެ ކުރިން އޭނާގެ އެންމެ ބޮޑު އެދުމަކަށްވީ ވެސް އޭނާގެ ހުރިހާ ދަރިންނާއެކު އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމެވެ.

ކުރިން މަސްވެރިކަން ކުރުމުގައި އުޅުނު ބަކުރުބެއަކީ އޭދަފުށީގެ ގިނަ ބައެއްގެ ލޯބި ހޯދައިފައިވާ މީހެކެވެ.

ބަކުރުބޭގެ މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު،  މިރޭގެ އިޝާނަމާދަށްފަހު އޭދަފުށީ ‎މަސްޖިދުލް ސުލްޠާން މުހައްމަދު މުއީނުއްދީން (ބޮޑު މިސްކިތް) ގައި ވެސް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.  

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.