ބީއެމްއެލް ގެ ޗީފް އިންޓާނަލް އޮޑިޓަރު މަގާމަށް އާ ބޭފުޅަކު އައްޔަންކޮށްފި

މރ. ބިޝްވަޖިތު މަޒުމްދާރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމަށް މރ. ބިޝްވަޖިތު މަޒުމްދާރު ހަމަޖައްސައިފިއެވެ.

ބިޝްވަޖިތު އަކީ އިންޓަރނަލް އޮޑިޓިންގ، ބިޒްނަސް އޮޕަރޭޝަންސް އަދި ސްޓްރެޓެޖިކް ޕްލޭނިންގެ ދާއިރާއިން 35 އަހަރަށްވުރެ ގިނަދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގައި ގިނަ ބޭންކުތަކެއްގައި ޗީފް އޮޓިޑް މަގާމުތަކުގައި މަސައްކަތް ކުރައްވާފައިވެއެވެ.

މީގެ ތެރޭގައި އަފްޣާނިސްތާން އިންޓަރނޭޝަނަލް ބޭންކް، ސްޓޭޓް ބޭންކް އޮފް މޮރިޝަސް، އައިއެންޖީ ބޭންކް ލިމިޑެޓް، ބެންގަލޯރ ހިމެނެއެވެ.

ސެންޓްރަލް ބޭންކް އޮފް އޮމާންގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމުވެސް ބިޝްވަޖިތު ވަނީ އަދާކުރައްވާފައެވެ. ބީއެމްއެލްއާ ގުޅިވަޑައިގެންނެވުމުގެ ކުރިން އޭނާ ހުންނެވީ ކާބުލްގެ ޣާޒަންފަރު ބޭންކުގެ ޗީފް އިންޓަރނަލް އޮޑިޓަރގެ މަގާމުގައެވެ.

މި މަގާމަށް ބިޝްވަޖިތު އައްޔަންކުރެއްވުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ އިންޓާނަލް އޮޑިޓިންގެ ދާއިރާގެ އިތުރުން ކޯޕަރޭޓް ގަވަރނަންސް، ރިސްކް މެނޭޖްމަންޓް އަދި ކޮންޕްލައަންސްގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ބިޝްވަޖިތު ހޯއްދަވާފައިވާ ކަމަށެވެ.

“އަޅުގަނޑުމެންގެ ލީޑަރޝިޕް ޓީމާއި ބިޝްވަޖިތު ގުޅިވަޑައިގަތުމާ ގުޅިގެން އޭނާ އަށް މަރުހަބާ ދަންނަވަން  އަދި މި މަގާމުގައި އޭނާ އަށް ކާމިޔާބަށް އެދެން.”

ބިޝްވަޖިތު އަކީ އައިއައިއޭ، ޔޫއެސްއޭ އިން ސަރޓިފައިޑް ޗީފް އިންޓަރނަލް އޮޑިޓަރ (ސީއައިއޭ)، އަދި އިންޑިއާގެ ނިއު ދިއްލީ ގެ އައިސީއޭއައި އިން ޗާރޓާޑް އެކައުންޓިންގ (އޭސީއޭ) ފުރިހަމަ ކޮށްފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ކަލްކަތާ ޔުނިވަރސިޓީ އިން އެލްއެލްބީ ހޯއްދަވާފައެވެ. އަދި ޔޫއެސްއޭ އިން ސަރޓިފައިޑް އިންފޯމޭޝަން ސިސްޓަމްސް އޮޑިޓަރ (ސީއައިއެސްއޭ) އަދި ސަރޓިފައިޑް ފްރޯޑް އެގްޒަރމިނަރ (ސީއެފްއީ) ފަދަ ގުޅުންހުރި ޕްރޮފެޝަނަލް ސެޓްފިކެޓްތައްވެސް ވަނީ ހޯއްދަވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.