އީދު ހަދިޔާއަކަށް މޫލީ މެދުވެރިކޮށް ބްރައުނީސް

އުރީދޫގެ އީކޮމާސް ޕްލްޓްފޯމް މޫލީ މެދުވެރިކޮށް އީދު ހަދިޔާ ފޮނުވޭ އޮފާއެއް އެ ކުންފުނިން ފަށައިފި އެވެ.

“އީދު ހަދިޔާ”ގެ ނަމުގައި ފެށި މި އޮފާއާ އެކު މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ އާއިލާ އާއި ރަހްމަތްތެރިންނަށް އީދު ހަދިޔާ ފޮނުވައިލެވޭނެ އެވެ. ހަދިޔާތަކުގެ ތެރޭގައި ”ފައިވް ޕީސް ބްރައުނީސް ބޮކްސް”, ”10 ޕީސް ބްރައުނީސް ބޮކްސް” ހިމެނެ އެވެ.

“އީދު ހަދިޔާ”ގެ ނަމުގައި ފެށި މި އޮފާއާ އެކު މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ އާއިލާ އާއި ރަހްމަތްތެރިންނަށް އީދު ހަދިޔާ ފޮނުވައިލެވޭނެ އެވެ. ހަދިޔާތަކުގެ ތެރޭގައި ”ފައިވް ޕީސް ބްރައުނީޒް ބޮކްސް”, ”10 ޕީސް ބްރައުނީޒް ބޮކްސް” ހިމެނެ އެވެ.

މޫލީ މެދުވެރިކޮށް އީދު ހަދިޔާ ފޮނުވޭނީ އުރީދޫގެ އެޕް މެދުވެރިކޮށް މޫލީ އަށް ވަދެގެންނެވެ. އީދު ހަދިޔާ އަށް އޯޑަރުކުރާތާ ދެ ދުވަސް ތެރޭގައި އެ ހަދިޔާ ލިބެންޖެހޭ ފަރާތަކަށް ފޯރުކޮށްދޭނެ ކަމަށް އުރީދޫން ބުންޏެވެ.

މޫލީ އިން އީދު ހަދިޔާ ގަތުމުން މާލެ އާއި ހުޅުމާލެއަށް ޖެހިގެން އަންނަ ދުވަހު ޑެލިވަރީ ކޮށްދޭނެއެވެ.

އީދު ހަދިޔާ ފޮނުއްވުމަށް:

އުރީދޫ އެޕް މެދުވެރިކޮށް ޝޮޕަށް ޒިޔާރަތް ކުރައްވާ  http://ore.do/app

ކެޓެގަރީއިން އީދު ހަދިޔާ ހިޔާރު ކުރައްވާ

ބޭނުންވާ ހަދިޔާ ހިޔާރު ކުރެއްވުމަށްފަހު ކާޓް އަށް ގޮސް ޗެކްއައުޓް ކުރައްވާ

ހަދިޔާ ފޮނުވަން ބޭނުންވާ އެޑްރެސް, ޑެލިވަރީ އެޑްރެސްގައި ޖައްސަވާ

އޯޑަރު ކަށަވަރު ކުރެއްވުމަށް ޕޭމަންޓް ކޮންފާމް ކުރައްވާ

މޫލީ އިން އެހެން ބައެއް ހަދިޔާތައް ވެސް ގަނެވޭނެއެވެ. މީގެ ތެރޭގައި ކުޑަކުދިންނަށް ހާއްސަ ސާމާނާއި އިލެކްޓްރޯނިކްސް ވެސް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.