މި އަހަރުގެ ފިތުރު ޒަކާތަށް ބ. އޭދަފުށިން ބައިލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
އޭދަފުށީ ކައުންސިލުން ބުނީ، މި ރޯދަމަހު އޭދަފުށިން 2522 މީހުން ޒަކާތުގެ ގޮތުގައި 56,860.00 ރ. ދައްކާފައިވާ ކަމަށެވެ. އެއީ ފާއިތުވި އަހަރާ 11,319ރުފިޔާގެ އިތުރުވުމެކެވެ.
އޭދަފުށީ ކައުންސިލުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނީ 45,541.00 ރުފިޔާ ލިބުނުއިރު ޒަކާތް ދައްކާފައިވަނީ 2217 މީހުންނެވެ.
މި އަހަރު އޭދަފުށިން ފަގީރުންގެ ގޮތުގައި 21 މީހުން ރަޖިސްޓްކުރި، މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި ތިބީ 20 މީހުންނެވެ.
ކައުންސިލުން ބުނިގޮތުގައި ޒަކާތް ހައްގުވާ މީހުންނަށް ފައިސާ ހަވާލުކުރާނީ މިރޭ 9:00 ގައި ކައުންސިލަށް ގެންގޮސް އެ ތަނުންނެވެ.