އުރީދޫން އީދާ ގުޅިގެން ހާއްސަ އޮފާއެއް

ފިޠުރު އީދުގެ އުފާވެރި މުނާސަބަތުގައި، އީދުގެ އުފާވެރިކަން އާއިލާއާއި ރައްޓެހިންނަށް ހިއްސާކޮށްލުމަށްޓަކައި، އުރީދޫން ހާއްސަ އޮފާއެއް ތައާރަފުކޮށްފި އެވެ.

މި އޮފާގެ ދަށުން ޢީދު ޗުއްޓީ ތެރޭގައި ދުވާލަކު 1ޖީބީ ލިބޭ އާޗާ ޕްރިޕެއިޑް 150ރ ޕެކް ބައްލަވައިގަތުމުން 7 ދުވަހަށް ބޯނަސް ޑޭޓާގެ ގޮތުގައި ދުވާލަކު 2ޖީބީ، މުޅިއަކު ދުވާލަކު 3ޖީބީ ގެ އިތުރުން އަންލިމިޓަޑް އުރީދޫ ކޯލްސް ލިބިގެންދާނެއެވެ.  

އުރީދޫން ބުނިގޮތުގައި މި އޮފާ ތައާރަފް ކުރެވިފައިވަނީ ދުރުގައިތިބި އާއިލާއާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކޮށްލާ ޢީދުގެ އުފަލާ މަޖާ ހިއްސާކޮށްލުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުންނެވެ. މި ޑޭޓާ ޕެކް އުރީދޫ އެޕް http://ore.do/app މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭނެ އެވެ.

“އުރީދޫ ޓީމްގެ ފަރާތުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފިޠުރު ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން. ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ޢީދުގެ އުފާވެރިކަން ޙިއްޞާކުރުމަށް އަޅުގަނޑުމެންގެ މި ޢީދު އޮފަރ ކަސްޓަމަރުންނަށް ކަމުދާނެކަމަށް އުއްމީދު ކުރަން.” އުރީދޫގެ ސީނިއަރ މެނޭޖަރ ބްރޭންޑް އެންޑް މަރކޮމްސް، ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވިއެވެ.

އާޗާ ޕްރިޕެއިޑް ބޯނަސް އޮފާގެ އިތުރުން އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށްވެސް ވަނީ ހާއްސަ އޮފާ އެއްވެސް ތައާރަފް ކޮށްފައެވެ.

ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ޢީދު ބަންދު ތެރޭގައި އުރީދޫ ކްލަބް ޕްރިމިއަރ ޕާޓްނަރުންކަމުގައިވާ ޗޮކްލެޓް، ރަޓަޓޫއީ އަދި ޗާކޯލް ކެފޭ އިން %10 ޑިސްކައުންޓް ލިބިގެންދާނެއެވެ.

އުރީދޫ މޯލްޑިވްސްއިން ފިޠުރު ޢީދުގެ ހެޔޮއެދުމާއި ތަހުނިޔާ އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަރިސްކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.