އޯ ލެވެލް އިމްތިހާން ފަށައިފި

މިއަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު 5،900 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު ރާއްޖޭގައި މިއަދު ފަށައިފި އެވެ.

ރާއްޖޭގެ 239 ސެންޓަރެއްގައި މި އިމްތިހާން ބާއްވަ އެވެ. ސްކޫލުތަކުން 5900 އަށްވުރެ ގިނަ ގިނަ ދަރިވަރުން އިމްތިހާން ހަދާއިރު، އަމިއްލަ ސެންޓަރުތަކުން ވެސް އިމްތިހާނުގައި ބައިވެރިވެފައި ވެ އެވެ.

އެގޮތުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންގެ ބެލުމުގެ ދަށުން، ސްރީ ލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރާއި މެލޭޝިއާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ވެސް ދިވެހި ދަރިވަރުން މި އިމްތިހާނުގައި ބައިވެރިވާނެ އެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ 10ގެ ނިޔަލަށް ކުރިއަށް ދާ މި އިމްތިހާނުގައި މިއަދު އޮތީ ކެމިސްޓްރީ ޓެސްޓެވެ.

މި އަހަރުގެ އޯލެވެލް އިމްތިހާންގައި ރާއްޖޭގެ 239 ސެންޓަރަކުންނާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ބެލުމުގެ ދަށުން ސްރީލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގައި އާއި އަދި މެލޭޝިއާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ހިންގާ ޕްރޮގްރާމުތަކުގައި ބައިވެރިވާ ދަރިވަރުން ވެސް ބައިވެރިވެ އެވެ.

ފައިނަލް އިމްތިހާނުގައި ދަރިވަރުން ހޯދަމުން އަންނަ ނަތީޖާ އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅުވަމުންނެވެ. ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ އަދަދު އިތުރުވެ ގައުމީ ގަދަ 10 ގައި ހިމެނޭ ދަރިވަރުންގެ އަދަދު ވެސް އިތުރުވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.