‘ބީއެމްއެލްގެ “ކިޑްސް ރަން”ގައި ބައިވެރިވާން ހުޅުވާލައިފި

ވައު ކިޑްސް ރަންގެ ބައިވެރިން ދުވަނީ–ފޮޓޯ:ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ”ބީއެމްއެލް ވައު ކިޑްސް ރަން 2022” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހުޅުމާލޭގައި ބާއްވާ މި ދުވުން ކުރިއަށް ގެންދަން ނިންމާފައިވަނީ ހަަތަރު އުމުރުފުރާއަކަށް ބަހާލައިގެންނެވެ.

އެއް ކިލޯ މީޓަރުން ފެށިގެން ހަތަރު ކިލޯ މީޓަރަށް ކުރިއަށްގެންދާ ދުުވުން ފަށާނީ މި މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 06:10 ގަ އެވެ.

ކެޓަގަރީތައް

– ހަތަރު ކިލޯ މީޓަރުގެ ދުވުން ހެނދުނު 06:10 (10-12 އުމުރުފުރާގެ ކުދިން)

– ތިން ކިލޯ މީޓަރުގެ ދުވުން ހެނދުނު 06:30 (8-10 އުމުރުފުރާގެ ކުދިން ބެލެނިވެރިންނާއެކު)

– ދެ ކިލޯ މީޓަރުގެ ދުވުން ހެނދުނު 06:50 (06-08 އުމުރުފުރާގެ ކުދިން ބެލެނިވެރިންނާއެކު)

– އެއް ކިލޯ މީޓަރުގެ ދުވުން ހެނދުނު 07:10 (04-06 އުމުރުފުރާގެ ކުދިން ބެލެނިވެރިންނާއެކު)

ބީއެމްއެލް އިން ބުނެފައިވާ ގޮތުގައި ހަތަރު ކިލޯ މީޓަރު ދުވުމުގައި ބައިވެރިވުމަށް 199ރ. ގެ ފީއެއް ދައްކަން ޖެހޭނެ އެވެ. އެހެން ކެޓަގަރީތަކުގައި ބައިވެރިވުމަށް ދައްކަންޖެހޭނީ 299ރ. އެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ތިިބުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި ހަރަކާތަށް ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ކުޑަކުދިންގެ ތަރުހީބު ލިބެ އެވެ. މިދިޔަ ޑިސެމްބަރުގައި ބޭއްވި ހަރަކާތުގައި ވެސް 900 އަށްވުރެ ގިނަ ކުދިން ބައިވެރިވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.