
ރާއްޖޭގެ ސިއްހީ ހިދުމަތް ދޭ ހުރިހާ ރަށަކަށް އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ބ. ހިތާދުއާއި ކަމަދުއަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫއުގެ ދަށުން މީގެ ކުރިން އޭދަފުއްޓާއި ތުޅާދޫ އާއި ދަރަވަންދޫގެ އިތުން ކުޑަރިކިލާއި ކެންދުއަށް ވަނީ އެމްބިއުލާންސް ފޮނުވާފަ އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހޯދައި ދިނުމަށްޓަކައި ހެލްތް މިނިސްޓްރީއިން އެސްޓީއޯ އާއި ހަވާލު ކޮށްފައިވަނީ 10 ޖޫން 2021 ގައެވެ. އެދުވަހުން ފެށިގެން، އެކި މުއްދަތުތަކަށް ބަހާލައިގެން މިއަދާއި ހަމައަށް 96 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހެލްތް މިނިސްޓްރީއާއި ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގައެވެ.
މި މަޝްރޫއުގެ ދަށުން 96 އެމްބިއުލާންސް ރާއްޖެ ގެނެސް ހެލްތު މިނިސްޓްރީއާ މިހާރު ހަވާލުކޮށްފައިވާއިރު އެ މިނިސްޓްރީން ވިދާޅުވީ މީގެތެރެއިން އެންމެ ފަހުން ގެނެސްފައިވާ އެމްބިއުލާންސް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.
ހެލްތު މިނިސްޓްރީން ވިދާޅުވީ މީގެތެރެއިން އެންމެ ފަހުން ގެނެސްފައިވާ އެމްބިއުލާންސް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. މިގޮތުން މި އެމްބިއުލާންސްތައް މިފަހަރު ފޮނުވުމަށް ހަމަޖެހިފައިވަނީ ޖުމުލަ 19 ރަށަކަށެވެ.
އޭގެ ތެރޭގައި ބ. ހިތާދުއާއި ކަމަދޫގެ އިތުރުން ހިމެނެނީ ހއ. އަތޮޅުގެ 2 ރަށާކާއި ހދ. އަތޮޅުގެ ރަށަކާއި ށ. އަތޮޅުގެ ރަށެކެވެ. އަދި ނ. އަތޮޅުގެ 3 ރަށަކާއި، ކއަތޮޅުގެ 2 ރަށަކަށާއި އދ. އަތޮޅުގެ ރަށެއްގެ އިތުރުން ދ. އަތޮޅުގެ 2 ރަށަކަށާއި ތ. އަތޮޅުގެ ރަށަކަށާއި ލ. އަތޮޅޫގެ ރަށަކަށާއި ގއ.ގެ ރަށާކާއި ގދ. އަތޮޅުގެ 2 ރަށަކަށްވެސް މިފަހަރު އެމްބިއުލާންސް ފޮނުވާނެ އެވެ.
