ބީއެމްއެލްގެ އެހީގައި ކާށިދޫގައި ބާބަކިއު ސަރަހައްދެއް

އޭދަފުށި ޓައިމްސްއަތޮޅުތެރެއިން
ބީއެމްއެލްގެ އެހީގައި ކާށިދޫގައި ހެދި ބާބަކިޔު އޭރިޔާ– ފޮޓޯ: ބީއެމްއެލް


ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން ކ. ކާށިދޫގައި ބާބަކިއު ސަރަހައްދެއް ގާއިމްކޮށްފިއެވެ.

ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަގްސަދުގައި ތަރައްގީ ކުރުވުނު މި ބާބިކިއު ސަރަހައްދުގައި ބާބައިކު ގްރިލް، ގޮނޑި އަދި މޭޒާއި ބެންޗު ވަނީ ބަހައްޓާފައެވެ. މި ސަރަހައްދު އިތުރަށް ފުރިހަމަ ކުރުމަށް ރަށުގެ އިސްރަށްވެހިންނަށް ހާއްސަކޮށް ފިނި މައިޒާނެއްވެސް ވަނީ ތަރައްގީކޮށްފައެވެ.

މި ޕްރޮޕޯސަލް ކާމިޔާބު ކުރި މުހައްމަދު ވިސާހު ވިދާޅުވި ގޮތުގައި އޭނާގެ އުންމީދަކީ މިރަށުގެ ރައްޔިތުންނާއި މިރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށް މި ތަނަކީ ބޭނުންތެރި ތަނަކަށް ވެގެންދިއުމެވެ.

“މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކީ ނިންމާލުމަށް އެހީތެރިވެދެއްވި ކާށިދޫ ކްލަބް ފްލަޔަރސް އާއި އެހެނިހެން ފަރާތްތަކަށް ވެސް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން.”

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 65 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފައެވެ.

ކޮމެންޓްސް (0)

ލޯޑް ކުރަނީ...