މެޕްސް ކޮލެޖުގެ މޭ/ޖޫން އިންޓޭކްގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 29ގެ ނިޔަލަށް

 ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލަރސް ޑިގްރީއާ ހަމައަށް އިންފޮރމޭޝަން ޓެކްނޮލޮޖީ އަދި ބިޒްނަސްގެ ތަފާތު 7 ދާއިރާއެއް ހިމެނޭގޮތަށް، މެޕްސް ކޮލެޖުން ހިންގާ ކޯސްތަކުގެ މޭ/ޖޫން 2022 އިންޓޭކްގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 29ވަނަ ދުވަހުގެ ނިޔަލަށްވަނީ ހުޅުވާލެވިފައެވެ. އޭގެތެރޭގައި ބިޒްނަސް މެނޭޖްމެންޓް، ހިއުމަން ރިސޯސް މެނޭޖްމެންޓް، މާރކެޓިންގ މެނޭޖްމެންޓް، އެކައުންޓިންގ، އިންފޯރމޭޝަން ޓެކްނޮލޮޖީ، ޓްރެވެލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗޭން މެނޭޖްމަންޓްގެ ކޯސްތައް ހިމެނެއެވެ.

މެޕްސް ކޮލެޖުން ހިންގާ އެޑްވާންސްޑް ސެޓްފިކެޓް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ގްރޭޑް 10އެއް ނިންމާ ދަރިވަރުންނަށް ލިބިގެންދާއިރު، މިކޯސް ނިންމާލުމަށްފަހު ބެޗެލަރސް ޑިގްރީ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބިގެންދާނެއެވެ.

މީގެއިތުރުން ގްރޭޑް 10އެއް ނިމި 20 އަހަރު ފުރިހަމަވެފައިވާ ފަރާތްތަކުގެތެރެއިން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ އެހީގައި، 3 މަހުގެ ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށްފަހު އެފަރާތެއް ޚިޔާރުކުރާ ދާއިރާއެއްގެ ޑިގްރީ ކޯހަކަށް ވަނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.  

މެޕްސް ކޮލިފިކޭޝަންސްގެ ދަށުން ހިންގާ ހުރިހާ ކޯސްތަކަކީވެސް އޮންލައިންކޮށް އަމިއްލަ ރަށުގައި ނުވަތަ ރަށުން ބޭރުގައި މަސައްކަތްކުރާނަމަ މަސައްކަތްކުރާ ރަށެއްގައި ތިބެގެން ކިޔަވަން ބޭނުންވާ ފަރާތްތަކަށް ބައިވެރިވެވޭނެ  ކޯސްތަކެކެވެ. މިގޮތުން ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަތީ ތައުލީމު އުނގެނުމަށް މިއީ ލިބިގެންދާ ވަރަށް ރަނގަޅު ފުރުޞަތެކެވެ. މެޕްސް ކޮލެޖަކީ 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން ކާމިޔާބު ކަމާއެކު އޮންލައިންކޮށް ކޯސްތައް ހިންގަމުން އަންނަ ކޮލެޖެކެވެ.

މެޕްސް ކޮލެޖުން ހިންގާ ބެޗެލަރސް ޑިގްރީގެ ހުރިހާ ކޯސްތަކަކީވެސް ސަރުކާރުގެ ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަށް ހުޅުވާލާފައިވާ “ބެޗެލަރސް ޑިގްރީ ގްރާންޓް ސްކީމް” ގެ ދަށުން ހިލޭ ކިޔެވޭނެ ކޯސްތަކެކެވެ.

މެޕްސް ކޮލެޖުން ހިންގާ އިންޓަނޭޝަނަލް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް މިހާރު ހުޅުވާލާފައިވާއިރު، އޭގެތެރޭގައި ހިމެނޭ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބެޑްފޮޑްޝައަރގެ މާސްޓަރސް ލެވެލްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު މެއި މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށްވަނީ ހުޅުވާލާފައެވެ. މީގެއިތުރުން އެކޮލެޖުން ހިންގާ އޭ.ސީ.ސީ.އޭގެ އެޑްވާންސްޑް ޑިޕްލޮމާ ލެވެލް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހަމަވާނީ މެއިމަހުގެ 29ވަނަ ދުވަހަށެވެ.

މިހުރިހާ ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށްވެސް މެޕްސް ކޮލެޖްގެ ވެބްސައިޓް (www.maps.edu.mv) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

މަތީ ތަޢުލީމު އުނގަންނައިދިނުމުގެ ދާއިރާގައި 23 އަހަރު ވެފައިވާ މެޕްސް ކޮލެޖަކީ ގިނަ ބައެއްގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އެއް ކޮލެޖެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.