އުރީދޫ އިން ފީފާ ވޯލްޑް ކަޕް 2022 ގެ ރަސްމީ ބޯޅަ ރައީސް ސޯލިހަށް ހަދިޔާކޮށްފި

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ، ޚާލިދު އަލް-ހަމާދީ، 2022 ވަނަ އަހަރުގެ ވަރލްޑް ކަޕް ރަސްމީ ބޯޅަ، “އަލް ރިހްލާ” ރައީސުލް ޖުމުހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަށް އަރުވައިފިއެވެ.

މި ބައްދަލުވުމުގައި ޚާލިދު އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ޑިޖިޓަލް ދިވެހި ރާއްޖެއެއް މެދުވެރިކޮށް ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް ސަރުކާރާއި އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި މަޝްވަރާގައި އުރީދޫއިންވަނީ 5ޖީ ކަވަރޭޖް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމާއި، ޕީސް ކޭބަލް ވިއުގަމެދުވެރިކޮށް ޔޫރަޕާއި ސިންގަޕޫރާ ރާއްޖެ ގުޅުވައިދީ، ޤައުމީ ޓެލެކޮމް އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމާއި، އެކި އެކި ދާއިރާތަކަށް އީޖާދީ ޚިދުމަތްތައް ތަޢާރަފްކުރުމަށް ކުރަމުންދާ މަސައްކަތަށް އަލި އަޅުވާލައިފައެވެ.

2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އޮފިޝަލް “އަލް ރިހްލާ” ރަސްމީކޮށް ތައާރަފްކުރިއިރު އެޑިޑާސްއިން ވަނީ މި ބޯޅައަކީ ވޯލްޑް ކަޕްގެ ތާރީހުގައިވެސް އެންމެ ދުވެލި ބާރު ބޯޅަ ކަމުގައި ބުނެފައެވެ.

އަލް ރިހްލާ ބޯޅަ އުރީދޫއިން ރައިސުލް ޖުމްހޫރިއްޔާއަށް އަރުވައިފައިވަނީ ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް 2022 ގެ ދިވެހި ސަޕޯޓަރުންނަށް ހަނދާން ނައްތާނުލެވޭ ފަދަ ކުލަގަދަ، ފޯރިގަދަ ތަޖުރިބާތަކެއް ހޯދައިދިނުމަށް އުރީދޫއިން ދޭ އަހައްމިއްޔަތުކަމުގެ ރަމްޒެއްގެ ގޮތުންނެވެ. މީގެ އިތުރުން އުރީދޫއިން ވަނީ މި އަހަރުގެ އެންމެ އިންތިޒާރުކުރެވޭ މި ހަރަކާތުގެ ފޯރީގައި ބައިވެރިވެވަޑައިގެން ގަތަރުގައި މެޗެއް ބަލާލުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދައުވަތު އަރުވާފައެވެ.

“ފުޓްބޯޅައަކީ ވަކި އުމުރެއްގެ މީހަކަށް ބެލުމެއް ނެތި، ނުވަތަ ސަޕޯޓްކުރާ ޓީމަކަށް ބެލުމެއް ނެތި، މުޖުތަމައުގައި އެއްބައިވަންތަކަން އުއްފައްދާ ފޯރިގަދަ ކުޅިވަރެއް. ދިވެހިންގެ ހިތްތަކުގައި ޙައްސަ ލޯތްބެއް އުފެދިފައިވާ ކުޅިވަރެއް. އެހެންކަމުން ފީފާ ވޯލްޑް ކަޕް ޤަތަރު 2022 ގެ އޮފިޝަލް މިޑްލް އީސްޓް އަދި އެފްރިކާ ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރގެ ހައިސިއްޔަތުން އުރީދޫ އިން ވަނީ 22 ވަނަ ވަރލްޑް ކަޕް މުބާރާތުގެ ފޯރިގަދަ ތަޖުރިބާއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް މަގުފަހިކޮށްދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނެކަމުގެ ޔަޤީންކަން އަރުވަން. އެގޮތުން މި ފުޓްބޯޅަ ސީޒަނުގައި ކަސްޓަމަރުންނަށް ވަރަށް ހާއްސް ފުރުސަތުތަކާއި ހަރަކާތްތައްވަނީ ރޭވިފައިވާކަންވެސް ފާހަގަށްލަން.” އުރީދޫ މޯލްޑިވްސްގެ އެމްޑީ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ، ޚާލިދު އަލް ހަމާދީ ވިދާޅުވި އެވެ.

ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ އޮފިޝަލް މިޑްލް އީސްޓް އެންޑް އެފްރިކާ ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރުގެ ގޮތުގައި އިއުލާނުކުރީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އުރީދޫ ގްރޫޕުން ފީފާ އަދި ވޯލްޑް ކަޕް 2022 އަށް ދޭ މި ވަރުގަދަ އެއްބާރުލުމާ އެއްގޮތްވާގޮތުގެ މަތިން، އުރީދޫ މޯލްޑިވްސް އިން ވެސް ރާއްޖޭގައި ތިބި ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ކުލަގަދަ އަދި އުފާވެރި ފުޓުބޯޅަ ފެސްޓިވަލެއް ތަޖުރިބާކުރުމުގެ މަގުފަހިކޮށްދިނުމަށް އުރީދޫއިން ވަނީ މަސައްކަތް ފަށާފައެވެ.

ފީފާ ވޯލްޑް ކަޕް ގަތަރު 2022 – ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ–21 ނޮވެމްބަރ އިން 18 ޑިސެމްބަރ 2022 ގަ އެވެ. މިއީ އަރަބި ދުނިޔޭގައި ބާއްވާ ފުރަތަމަ ފީފާ ވޯލްޑް ކަޕެވެ. އުރީދޫ އަކީ ގަތަރުގައި ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕްގެ 2019 އަދި 2020 ވަނަ އަހަރުގެ ވެސް ގައުމީ ސަޕޯޓަރެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.