
ބ. ކަމަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި މަސައްކަތް ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.
ޔޫތު މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) އެވެ
ޖުމްލަ 2.5 މިލިއަން ރުފިޔާ އަށް ހަވާލު ކޮށްފައިވާ އެ މަސައްކަތް 45 ދުވަސް ތެރޭގައި ނިންމަން ޖެހެއެވެ. އާރްޑީސީ އިން ވަނީ މި ނޫނަސް އެތައް ރަށެއްގެ ފުޓުބޯޅަ ދަނޑުތަކުގެ ސަބް ބޭސް މަސައްކަތްތައް ކޮށްފައެވެ.
މީގެއިތުރުން އާރްޑީސީ އިން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަގު ހެދުމުގެ މަސައްކަތްތައް ކުރަމުންނެވެ.
