މުސްތަފާ ކުއްލި ގޮތަކަށް ނިޔާވެއްޖެ

ބ. އޭދަފުށީ ހީނާމާގެ، މުސްތަފާ ރަޝީދު ކުއްލިގޮތަކަށް ނިޔާވެއްޖެ އެވެ.

އޭނާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ވަޒީފާއަދާކުރަމުން އައި މުސްތަފާ، 50، ނިޔާވީ، ރޭ ދަންވަރު ސްޓްރޯކެއް ޖެހިގެން، ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށެވެ.

“އިއްޔެ އިރުއޮއްސުނު ފަހުން ރިސޯޓުން މާލެ އައީވެސް، ބެލެވެނީ ސްޓްރޯކެއް ޖެހިގެން ނިޔާވީ ކަމަށް،”

އަބަދުވެސް ހިނިތުން ވެފައި ހުންނަ މުސްތަފާ އަކީ އެންމެންނާ ވެސް ގުޅޭ ވަރަށް މަޖާ މިޒާޖެއްގެ މީހެކެވެ.

މުސްތަފާ ނިޔާވިއިރު، އޭނާ ޓުއަރިޒަމް ދާއިރާގައި މަސައްކަތް ކުރާތާ 31 އަހަރުވެއްޖެ އެވެ. އޭނާ މިދާއިރާގައި މުޅިންވެސް މަސައްކަތް ކުރެއްވީ ވިލާ ހޮޓެލްސްގެ ރިސޯޓްތަކުގަ އެވެ. ނިޔާވިއިރު އޭނާ ހުންނެވީ ޕެރަޑައިސް އައިލެންޑް ރިސޯޓްގެ ސޭފް އެންޑް ސެކިއުރިޓީ މެނޭޖަރުގެ މަގާމުގަ އެވެ.

އޭނާ ނިޔާވިއިރު ދެ އަނބިންނާއި ދެ ދަރިން ދުނިޔޭގައި އެބަހުއްޓެވެ.

މުސްތަފާގެ މައްޗަށް ކަށުނަމާދު އޮންނަނީ މިއަދުގެ އަސްރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ. ޖަނާޒާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް މުސްތަފާގެ އާއިލާ އިން އެދެ އެވެ.

އާއިލާއަށް މިދަނޑިވަޅުގައި ކުރިމަތިވެފައިވާ ފުން ހިތާމާގައި “އީޓީ” ގެ ޓީމުން ބައިވެރިވެ ތައުޒިޔާކިޔަމެވެ. އަޅުގަނޑުމެން އެދެނީ އާއިލާއަށް ކެތްތެރިކަން ދެއްވައި މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.