ބީއެމްއެލްގެ ލޯނާއި ފައިނޭންސިން އަށް ހުށަހަޅައިގެން ތިން ގައުމަކަށް ދަތުރެއް!

ބީއެމްއެލްގެ ލޯނާއި ފައިނޭންސިން އަށް ހުށަހަޅައިގެން ތިން ގައުމަކަށް ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށާފައި. ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް އިން ލުއި ލޯނާއި ވެހިކަލް ލޯނުގެ އިތުރުން ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އާއި ވެހިކަލް ފައިނޭންސިންގ އަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ޕްރޮމޯޝަންގެ ބޮޑު އިނާމު:

  1. ޔޫއޭއީ، އިޖިޕްޓް އަދި ޖޯޑަން ހިމެނޭ ގޮތަށް ދެ މީހަކަށް ޓުއާ ޕެކޭޖް (މި ޕެކޭޖްގެ ދަށުން ފްލައިޓް ޓިކެޓާއި 9 ރޭގެ ހުރުމާއި ކެއުން ހަމަޖެހިގެންދާނެ)
  2. މީގެ އިތުރުން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް 10،000 ރުފިޔާގެ ގިފްޓް ކާޑެއް.

މި ޕްރޮމޯޝަންގެ މުއްދަތުގައި ކަސްޓަމަރުން ބޭންކަށް ހުށަހަޅާ ލޯނާއި ފައިނޭންސިންގެ ތެރެއިން ބޭންކުން އެޕްރޫވްކުރާ ލޯނާއި ފައިނޭންސިންގ އަށް ތިރީގައި މިވާ އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަން ކުރިޔަށް ދާނީ 15 މޭ އިން ފެށިގެން 30 ޖޫން ގެ ނިޔަލަށެވެ.

ބީއެމްއެލް އެކްސްޕްރެސް ލޯނާއި ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އަށް 20،000 ރުފިޔާ އިން ފެށިގެން 300،000 ރުފިޔާއާ ހަމަޔަށް އެދި ހުށަހެޅޭނެއެވެ. އަދި ލުއި މައިކްރޯ އާއި ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ މައިކްރޯ ގެ ދަށުން 25،000 އާ ހަމަޔަށް އެދި ހުށަހެޅޭނެއެވެ.

ވެހިކަލް ލޯނާއި ވެހިކަލް ފައިނޭންސިންގ ދަށުން 2 ފުރޮޅުލީ އުޅަނދު ގަތުމަށް 300،000 ރުފިޔާ އާ ހަމަޔަށް ފައިނޭންސިންގ އަށް އެދި ހުށަހެޅޭނެއެވެ. އަދި 4 ފުރޮޅުލީ އުޅަނދާއި، ޖެޓް ސްކީ އަދި އިންޖީނުލީ ޑިންގީ ފަދަ ތަކެތި ގަތުމަށް 500،000 ރުފިޔާ އާ ހަމަޔަށް އެދި ހުށަހެޅޭނެއެވެ.

މި ޕްރޮމޯޝަންއާ ގުޅޭ އިތުރު މައުލޫމާތު: https://www.bankofmaldives.com.mv/lui-loan-and-personal-financing-promotion

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.