ދިރާގު ޓީވީގެ ހޯމް ޕޭޖަށް ބުދު ދީނާއި ގުޅޭ ޕްރޮގްރާމެއް!

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އައިޕީޓީވީ ފޯރުކޮށްދޭ ދިރާގު ޓީވީގެ ލައިވް ޓީވީ ރެކޮމެންޑޭޝަން ނުވަތަ ބަލާލަން ބޭނުންވެދާނެ ޕްރޮގްރާމްތަކުގެ ތެރޭގައި ބުދު ދީނަށް ނިސްބަތްވާ ޕްރޮގްރާމެއް ފެންނަ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ދިރާގު ޓީވީގެ ލައިވް ޓީވީ ރެކޮމެންޑޭޝަން ލިސްޓު ތަކުން ފެނުނު މިޕްރޮގްރާމްއަކީ ހިންދޫ ދީނުގެ މީހުންގެ ކަލާނގެއަކަށް ހަދައިގެން އުޅޭ ބުދަކާއި ގުޅޭ ޕްރޮގްރާމެކެވެ.

މިފަދަ ޕްރޮގްރާމެއް އެ ލިސްޓުގައި އިނުމަކީ ކަންބޮޑުވާންޖެހޭ ބޮޑު މައްސަލައެއް ކަމަށްބުނެ ސޯސަލް މީޑިޔާގައި ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިފަދަ އެހެނިހެން ދީން ތަކުގެ ދީނީ ޕްރޮގްރާމްތައް ދެއްކުމަކީ ބްރޯޑްކާސްޓިން ގަވާއިދުގައިވެސް މަނާ ކަމެކެވެ.

މިކަމާ ގުޅިގެން ދުވަހު ނޫސް “ވޮއިސް” އަށް މައުލޫމާތު ދެމުން ދިރާގުނީ ބުނީ، އެ ކުންފުނިން އަބަދުވެސް އެފަދަ ކަންކަން ބަލަހައްޓަމުން ދަނީ ވަރަށް ހަރުކަށި ގަވާއިދުތަކެއްގެ ދަށުންކަމަށާއި، އެފަދަ އެއްވެސް ޕްރޮގްރާމެއް ރެކޮމެންޑޭޝަން ލިސްޓުން ފެންނަ ނަމަވެސް އެ ޕްރޮގްރާމެއް ބުލޮކް ކުރަމުންދާކަމަށެވެ.

އެހެންކަމުން އެ ޕްރޮގްރާމް އެ ލިސްޓުގައި އިނުމަކީ އެކަންތައް މެނޭޖުކުރުމަށް ކަނޑައެޅިފައިވާ ސިސްޓަމްގެ ތެރޭގައި ކުޑަ މައްސަލައެއް ޖެހިގެންވީ ކަމެއް ކަމަށާއި އެކަމަށްޓަކައި ކަސްޓަމަރުންގެ ކިބައިން މައާފަށް އެދޭ ކަމަށް ދިރާގުން ބުންޏެވެ.

މީގެ އިތުރުން ވެސް، މިފަދަ އެއްވެސް ކަމެއް ދިރާގު ޓީވީން ފެނި، އެކަހަލަ މައްސަލަ އެއް ފެންމަތިވެއްޖެ ނަމަ، އެކަން އެ ކުންފުނީގެ ސަމާލުކަމަށް ގެނައުމަށްވެސް ދިރާގުން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.