ބ. އޭދަފުށީ ޓާފް ދަނޑުގެ ދެކުނު ފަރާތުގައި ހަދާފައިހުރި ކޮމާޝަލް ބްލޮކްތައް ކުއްޔަށް ދޭން އޭދަފުށީ ކައުންސިލުން އިއުލާނުކޮށްފި އެވެ.
އޭދަފުށީ ކައުންސިލުގެ އިއުލާނުގައި ބުނީ ޓާފް ދަނޑުގެ ކޮމާޝަލް ބްލޮކްތަކުން ރެސްޓޯރަންޓް އަދި ތިން އޮފީސް އިމާރާތް ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ.
މިތަންތަން ބޭނުންވާ ފަރާތްތަކުން މާދަމާ (މޭ 26، 2022) 10:30 ގައި އޭދަފުށީ ކައުންސިލް އިދާރާއަށް ވަޑައިގެން މައުލޫމާތު އޮޅުން ފިލުވަންޖެހޭނެ ކަމަށް ކައުންސިލުން ބުނެ އެވެ.
އޭދަފުށީ ޓާފް ދަނޑުގެ ދެކުނު ފަރާތުގައި ހަދާފައިހުރި ކޮމާޝަލް ބްލޮކްތައް ކުއްޔަށް ދޫކުރަނީ ދަނޑުގެ މަރާމާތުގެ ޚަރަދާއި އެހެނިހެން ޚަރަދުތަކަށް ބޭނުންވާ ފައިސާ ހޯދުމަށެވެ.