ތިމާވެށީ ހިމާޔަތް ކުރުމަށް ދިރާގުން މުޅިން ތަފާތު ކެމްޕޭނެއް!

ދިރާގު ހެޑް އޮފީހުގެ ލޮބީ ޕްލާސްޓިކް ކޮތަޅާއި ފުޅިން ފުރާލާފައި
ދިރާގު ހެޑް އޮފީހުގެ ލޮބީ ޕްލާސްޓިކް ކޮތަޅާއި ފުޅިން ފުރާލާފައި

ކަނޑުތަކަށް ކުނި އެޅުމުގެ ނުރަނގަޅު އާދަ ހުއްޓުވައި އެކަމާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން ދިރާގުން މުޅިން ތަފާތު ކެމްޕެއިނެއް ފަށައިފި އެވެ.

ކެމްޕެއިން ފެށުމުގެ ގޮތުން މިއަދު ދިރާގު ހެޑް އޮފީސް ލޮބީ ތެރެ ވަނީ މުޅި ލޮބީ ވަނީ ޕްލާސްޓިކް ކުނިން ފުރާލާފަ އެވެ. މިއީ ދިރާގުން ކުރިއަށް ގެންދިޔަ ވަރަށް ހާއްސަ ސޯޝަލް އެކްސްޕެރިމެންޓެކެވެ. މި ކަން މި ގޮތަށް ރާވާ ކުރިއަށް ގެންދިޔައީ މިކަމުން ވަރަށް ހާއްސަ މެސެޖެއް ފޯރުކޮށްދިނުމުގެ ބޭނުމުގައިއެވެ.

ތިމާވެށި ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ބޮޑު އިސްކަމެއް ދޭ ކަމަކަށް ވާތީ ކަނޑުތަކަށް ކުނި އެޅުމުގެ ނުރަނގަޅު އާދަ ހުއްޓުވައި އެކަމާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން މިއަދު މި ސޯޝަލް އެކްސްޕެރިމެންޓާ ވިދިގެން “ފޯ ދަ އޯޝަންސް” ކެމްޕެއިނެއް ލޯންޗް ކުރެވިގެން ދިޔައެވެ.

ދިރާގު ހެޑް އޮފީހުގެ ލޮބީ ޕްލާސްޓިކް ކޮތަޅާއި ފުޅިން ފުރާލާފައި
ދިރާގު ހެޑް އޮފީހުގެ ލޮބީ ޕްލާސްޓިކް ކޮތަޅާއި ފުޅިން ފުރާލާފައި

މި ކެމްޕެއިނަކީ ޕާލޭ އިން ހިންގާ ބައިނަލްއަގްވާމީ ހަރަކާތެކެވެ. އަދި ދިރާގުން “ފޯ ދަ އޯޝަންސް” ކެމްޕެއިން ކުރިއަށް ގެންދިޔައީ އެން.ޖީ.އޯ ބީމް އާއި ގުޅިގެންނެވެ. މި ކެމްޕެއިން ލޯންޗް ކުރެއްވީ ދިރާގުގެ ބްރޭންޑް އެމްބެސެޑަރ އަދި ދިވެހިންގެ މަގްބޫލު ކަން ލިބިފައިވާ އަބްދުލްގަފޫރު އަލީ (ގައްބެ) އެވެ.

މިއަދު މި ލޯންޗްކުރެވުނީ އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓުވުމަށް ބާރު އަޅާ އަދި ރީ-ޔޫސަބަލް ކޮތަޅު ބޭނުން ކުރުން އާދައަކަށް ހެދުމަށްޓަކައި ކުރިއަށް ގެންދެވުމު ކެމްޕެއިނެކެވެ.

ރާއްޖެއަށް ކޮންމެ އަހަރެއްގެ މައްޗައް އެތައް މިލިއަން ޕްލާސްޓިކް ކޮތަޅު އެތެރެ ކުރެވެއެވެ. މި އެތެރެ ކުރެވުމުންދާ ކޮތަޅުތަކަކީ އެއްފަހަރު ބޭނުންކޮށްލުމަށްފަހު އުކާލެވޭ ކޮތަޅުތަކެކެވެ. ގިނަ ފަހަރަށް މި ކޮތަޅުތައް އުކާލެވެނީ ކަނޑަށެވެ.
މި ކެމްޕެއިން ގެ ދަށުން ދިރާގުން މުއައްޒަފުންނާއި ކަސްޓަމަރުންނަށް ވަރަށް ހާއްސަ ކަންތައްތަކެއް ރާވާފައި ވެއެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.