ކްލަބް އޭދަފުށީގެ ގްރާސްރޫޓް އޯޕަން ޑޭ މިއަދު ހަވީރު

އުމުރުން 6 އަހަރާއި 12 އަހަރުގެ ދެމެދުގެ ގްރާސްރޫޓް ކުދިންނަށް ހާއްސަކޮށްގެން ކްލަބް އޭދަފުށިން އޯޕަން ޑޭ އެއް މިއަދު ހަވީރު ބާއްވަން ނިންމައިފި އެވެ.

އެ ކްލަބުން ބުނީ މިއަދު ހަވީރު އޭދަފުށީ ޓާފް ދަނޑުގައި ހަވީރު 4:30 ގައި ފަށާ އޯޕަން ޑޭ ގައި ދެ ޖިންސުގެ ކުދިންނަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.

އޯޕަން ޑޭ އަށް ފަހު ކުދިންނަށް ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ކްލަބް އޭދަފުށިން ވަނީ ނިންމައިފަ އެވެ. އެ ކްލަބުން ވަނީ މީގެ ކުރިން ވެސް އުމުރުފުރާތަކުގެ ކުދިންނަށް ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފަ އެވެ.

އޯޕަން ޑޭއާ ގުޅޭ އިތުރު މައުލޫމާތު 7740374 އަދި 7598271 ނަންބަރަށް ގުޅުމުން ލިބޭނެކަމަށް ކްލަބް އޭދަފުށިން މައުލޫމާތުދެ އެވެ.

އޭދަފުށީގައި 2018 ވަނަ އަހަރު ވަނީ ގްރާސްރޫޓް ކޯޗިން ކޯހެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. މިއީ ފީފާގެ އެހީތެރިކަމާ އެކު ބ. އަތޮޅު ތައުލީމީ މަރުކަޒާއި ކްލަބް އޭދަފުށި ގުޅިގެން ކުރިއަށްގެންދިޔަ ކޯހެކެވެ. 12 އަހަރުން ދަށުގެ ކުދިންނަށް ފުޓްބޯޅަ ކުޅެން ދަސްކޮށްދީ އެކުދިން ޑިސިޕްލިން ކުރުމަށް ހިންގި ގްރާސްރޫޓް ކޯޗިން ކޯސް ފުރިހަމަކުރި ބައިވެރިން ވަނީ މީގެ ކުރިން ހިންގި ގްރާސްރޫޓް ޕްރޮގްރާމްތަކުގައި ކޯޗުކަން ކޮށްދީފަ އެވެ.

ކްލަބް އޭދަފުށިން ގްރާސްރޫޓް އޯޕަން ޑޭ އަށް ތައްޔާރުވާއިރު ބ. އަތޮޅު ތައުލީމީ މަރުކަޒުން ވެސް މީގެ ކުރިން ވަނީ ގްރާސްރޫޓް ހަރަކާތްތައް ސްކޫލް ކުދިންނަށް ކުރިއަށް ގެންގޮސްފަ އެވެ. އެކަމަކު ކޮވިޑުގެ ހާލަތާ ގުޅިގެން ސްކޫލްގެ ގްރާސްރޫޓް ހަރަކާތްތައް އަދިވެސް އޮތީ މަޑުޖައްސާލާފަ އެވެ.

ކްލަބް އޭދަފުށިން އަލުން މި ޕްރޮގްރާމް ފަށާއިރު މިހާރު އެ ކްލަބްގައި ކުދިން ތަމްރީނު ކުރެވޭނެ ރަނގަޅު ވަސީލަތްތައް ވަނީ ގާއިމްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.