އެލްކޭޖީ އަށް ވަނުމަށް ފުރުސަތު ހުޅުވާލައިފި

dsc_1093

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އެލްކޭޖީ އަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި އަންނަ އަހަރަށް އެ ސްކޫލުގެ އެލްކޭޖީއަށް ވައްދަން ބޭނުންވާ ކުދިންނަށް މިހާރުން ފެށިގެން އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެލްކޭޖީން ފުރުސަތު ދެނީ އަންނަ އަހަރުގެ މާޗު 31 ގެ ނިޔަލަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ކުދިންނަށެވެ.

އެ ސްކޫލުން ބުނީ އެ ފުރުސަތު ހުޅުވާލާފައިވަނީ އޮކްޓޯބަރ 26 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި އެޑްމިޝަން ފޯމް ސްކޫލުް އޮފީހުން ލިބެން ހުންނާނެ ކަމަށެވެ.

ރަށްރަށުގެ ޕްރީ ސްކޫލްތައް މިދިޔަ އަހަރުން ފެށިގެން ހިންގަމުން ގެންދަނީ ސަރުކާރުގެ ބެލުމުގެ ދަށަށް ބަދަލުކޮށްގެނެވެ.

ތައުލީމާބެހޭ މިނިސްޓްރީން ކުރިން ބުނީ މި ބަދަލުގެ ސަބަބުންދެވޭ ތައުލީމުގެ ފެންވަރު ރަގަޅުކޮށް ހިފެހެއްޓުމަށް ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ. އަދި ޕްރީސްކޫލްގެ މަރުހަލާއިން ފެށިގެންވެސް ރަނގަޅު ވަޞީލަތްތައް ޤާއިމްވެފައިވާ ސްކޫލްތަކުގައި ކިޔެވުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ކުރިންވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.