ދަރަވަންދޫގައި ހަވާ އަރުވައި އީދު އިތުރަށް ކުލަގަދަކޮށްލަނީ


ބ. ދަރަވަންދޫގައި މި އަހަރުގެ އަޟްހާ އީދު އިތުރަށް ކުލަގަދަކޮށްލުމުގެ ގޮތުން އީދު ވިލޭރޭ ހަވާ އަރުވަން އެރަށު ކައުންސިލުން ނިންމައިފި އެވެ.

ދަރަވަންދޫގައި އަޟްހާ އީދު ގިނަ ބަޔަކަށް ބައިވެރިވެވޭގޮތަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށްޓަކައި ގިނަ ހަރަކާތްތަކެއް ބާއްވަން ފޯރިއާއެކު އަންނަނީ ތައްޔާރުވަމުންނެވެ. އޭގެ ތެރޭގައި ސަގާފީ ގިނަ ކުޅިވަރުތައް ކުޅުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން ދިވެހިން އާއްމުކޮށް އީދު ފާހަގަކުރާ ގޮތުގެ އިތުރުން މަލިގެ ސަގާފަތާއި ދިރިއުޅުމާއި އެ ގައުމުގައި އީދު ފާހަގަކުރުން އޮންނަ ގޮތް ވެސް ދަރަވަންދޫން މިފަހަރު ފެންނާނެ އެވެ.

އީދު ފާހަގަކުރުމުގެ ގޮތުން ދަރަވަންދުގައި ބާއްވަން ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހަވާ އެރުވުން އޮންނާނީ އީދު ވިލޭރެ އެވެ.

އީދު ފާހަގަކުރުމުގެ ގޮތުން އެ ރަށުގައި އާންމުންނަށް ހުޅުވާލައިގެން ބާއްވާ ކުޅިވަރުތަކެއް ވެސް ހިމެނެ އެވެ. އަދި ސްކޫލް ކުދިންނަށް ހާއްސަކޮށްގެން އާއިލީ ހަވީރެއް ބާއްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އީދު ކުޅިވަރު ހަރަކާތްތައް ދަރަވަންދޫގައި މި އަންނަ މަހުގެ 7-14 އާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.