ސަލްސާގެ ރެސްޓޯރެންޓެއް އޭދަފުށީގައި ހުޅުވަނީ

ސަލްސާ ރޯޔަލް، ސަލްސާ ބްރޭންޑުގެ ރެސްޓޯރަންޓެއް އޭދަފުށީގައި އަންނަމަހު ހުޅުވަން ދަނީ ތައްޔާރުވަމުން-- ފޮޓޯ / އީޓްޑޮކްއެމްވީ
ސަލްސާ ރޯޔަލް، ސަލްސާ ބްރޭންޑުގެ ރެސްޓޯރަންޓެއް އޭދަފުށީގައި އަންނަމަހު ހުޅުވަން ދަނީ ތައްޔާރުވަމުން– ފޮޓޯ / އީޓްޑޮކްއެމްވީ

މާލޭގައި ރެސްޓޯރެންޓް ހިންގުމާއި ކޭޓަރިންގެ ވިޔަފާރީގައި ހިންގަމުން އަންނަ ސަލްސާ އިންވެސްޓްމަންޓުން އޭދަފުށީގައި ރެސްޓޯރަންޓެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސަލްސާ އިބްރާހިމް އާމިރު “އީޓީ” އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އޭދަފުށީ މަލްޓިޕާޕަސް ބިލްޑިން ގައި ކުރިން ކޮރަލް ޕާކް ރެސްޓޯރަންޓް ހިންގި ތަކުގައި ހަދާ ރެސްޓޯރަންޓް އަންނަ މަހު ހުޅުވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އާމިރު ވިދާޅުވި ގޮތުގައި ސަލްސާގެ ރެސްޓޯރަންޓެއް އޭދަފުށީގައި ހުޅުވަން ގަސްތުކުރީ މިރަށަކީ އަތޮޅު ތެރެއިން ކޮންމެ ދުވަހަކު ކަހަލަގޮތަކަށް ގިނަ ބަޔަކު ޒިޔާރަތްކުރާ ރަށަކަށްވެފައި މިކަން ކުރަމުން ކުޅިވަރަށް އިތުރު ކުރިއެރުމެއް ގެނެވޭނެ ކަމުގެ އުއްމީދުގަ އެވެ.

އާމިރު ވިދާޅުވި ގޮތުގައި އޭދަފުށީގައި ހުޅުވާ ސަލްސާގެ ރެސްޓޯރެންޓުންވެސް މާލޭގައި ހުންނަ ސަލްސާގެ ރެސްޓޯރެންޓްތަކުން ލިބޭ ހިދުމަތްތައް ލިބެން ހުންނާނެ އެވެ. އެގޮތުން ބޮޑެތި ހަފްލާތަކަށް ކޭޓަ ކޮށްދިނުމާއި އެފަދަ އިވެންޓްތައް އިންތިޒާމުކޮށްދިނުމުގެ ހިދުމަތްތައްވެސް ލިބެން ހުންނާނެ ކަމަށް އާމިރު ވިދާޅުވި އެވެ.

“ރާއްޖެތެރޭގައި ސަލްސާގެ ތަނެއް އެންމެ އަވަހަށް ހުޅުވިގެން ދާނީ ތުލުސްދޫއާއި އޭދަފުށީގައި، ގާތްގަޑަކަށް އެއް ތާރީހެއްގައި މި ދެތަންވެސް ހުޅުވޭނެކަމަށް މި ބަލަނީ،” އާމިރު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.