އެންމެ ބޮޑު ގޮންޖެހުމަކީ މާލިއްޔަތު ކުޑަވުން: ހިތާދޫ ކައުންސިލް

ހިތާދޫ ކައުންސިލުގެ ރައީސް ފޮޓޯ- ހިތާދޫ އޮންލަިއން
ހިތާދޫ ކައުންސިލުގެ ރައީސް ފޮޓޯ- ހިތާދޫ އޮންލަިއން


ރައްޔިތުންނަށް ކައުންސިލުން ފޯރުކޮށް ދެންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި އެންމެ ބޮޑު ގޮންޖެހުމަކީ މާލިއްޔަތުގައި އެކަށީގެންވާ ވަރަށް ފައިސާ ނެތުން ކަމަށް ހިތާދޫ ކައުންސިލުން ބުނެފިއެވެ.

ހިތާދޫ ރައްޔިތުންނަށް މައުލޫމާތު ހިއްސާ ކުރުމަށް ހުކުރު ދުވަހުގެ ރޭ ހިތާދޫ ސްކޫލު ހޯލުގައި ބޭއްވި ބައްދަލުވުމުގައި ކައުންސިލުގެ ފަރާތުން ވާހަކަ ދައްކަވަމުން ކައުންސިލުގެ ރައީސް ވިދާޅުވީ، މިއަހަރުގެ ބަޖެޓުގައި ފަސްމިލިޔަން ރުފިޔާ ޖަހައިގެން ލިބުނީ ތިން މިލިއަން ރުފިޔާ ކަމަށެވެ. ކައުންސިލުގެ ހަރުމުދާ ކުއްޔަށް ދީގެން ލިބޭ އާމްދާނީގެ ގޮތުގައި 80000 ރުފިޔާ ލިބޭ ކަމަށެވެ. މިއަހަރުގެ ބަޖެޓު ނުލިބުމުގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށް ދިނުމުގައި ދަތިތަކާ ކުރިމަތިވާނެ ކަމަށްވެސް ކައުންސިލުން ބުނެއެވެ.

ހިތާދޫ އިންޖީނުގެ ޔުޓިލިޓީޒް ކުންފުންޏާ ހަވާލުކުރުމާއި ބެހޭގޮތުން ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ކައުންސިލުން ބުނީ އިންޖީނުގެ ޙަވާލު ކުރުމުން ސީދާގޮތުން މާލީ ފައިދާއެއް ނުވާކަމަށާ ހިދުމަތުގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ފައިދާ ކޮށްފައިވާކަމަށާއި އަދި ރައްޔިތުން ކުރިން ހިންގަމުން ދިޔައިރު ދިމާވި ދަތިތައް ހައްލު ކުރުމަށް މިހާރު ފަސޭހަވެފައިވާ ކަމަށެވެ.

މި ބައްދަލުމުވުގައި މިދިޔަ އަހަރު ކައުންސިލުން ކުރި ކަންތައްތަކާއި ކުރިއަށް މިއަހަރަށް ކުރަން ރޭވިފައިވާ ކަންކަމުގެ މައުލޫމާތު ވަނީ ރައްޔިތުންނާ ހިއްސާ ކޮށްފައެވެ. މިބައްދަލުގައި ހިތާދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އަލީ މޫސާ

    ވެދާނެ އަންނި ވެރިކަންނޫންވީމާ،ބަޖެޓް ނުލިބުނީކަމަށް. ދެންވެސް މިހާރު އޮތް ސަރުކާރަށް ސަޕޯޓްކުރީމާ ރަގަޅުވާނެ އޭރުން ރަގަޅުގޮތްތައް މެދުވެރިވާނެ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.