ފުރަތަމަ މެޗުތައް ގޮއިދު އާއި ކަމަދޫ އަށް

ގޮއިދޫ ޓީމުގެ ސިރުހާން އާ މޮޅު ކުޅުންތެރިއާގެ ޓްރޮފީ ހަވާލުކުރަނީ.–

މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރަމަންޓް ސޮސައިޓީ (މާރެސް) އިން  ބ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ  އަތޮޅު ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުތަކުން ގޮއިދު އާއި ކަމަދޫ މޮޅުވެއްޖެ އެވެ.  

މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ގޮއިދޫ މޮޅުވީ މާޅޮސް އަތުން 3-2 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓް މާޅޮސް އިން ގެންގޮސްފައިވަނިކޮށް ގޮއިދޫ މޮޅުވީ ފަހު ތިން ސެޓް ކާމިޔާބުކޮށްގެންނެވެ. ގޮއިދޫން ސެޓްތައް ގެންދިޔައީ 25-13، 25-16 އަދި 15-5 އިންނެވެ.

ރޭ ކުޅުނު މި މުބާރާތުގެ ދެ ވަނަ މެޗުން ކަމަދޫ މޮޅުވީ ކެންދޫ އާ ވާދަކޮށެވެ. ކަމަދޫ މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެ ޓީމު ސެޓުތައް ގެންދިޔައީ 25-18، 25،19 އަދި 25-17 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ކަމަދޫ ޓީމުގެ އަހްމަދު މުހައްމަދު އެވެ.

މި މުބާރާތުގެ ދެ މެޗު މިއަދު ވެސް އޮންނާނެ އެވެ. އެއީ ހަވީރު އޭދަފުއްޓާ ކެންދޫ ކުޅޭ މެޗާއި މިރޭ މާޅޮހާއި ފުޅަދޫ ބައްދަލުކުރާ މެޗެވެ.

މުބާރާތުގެ އަންހެން ޑިވިސަންގެ މެޗުތައް ކުރިއަށްދާނީ ޖޫން 23-28 އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.