
ބ. މާޅޮހުގައި މިހާރު ކުރިއަށްދާ މާރެސް އަތޮޅު ވޮލީ މުބާރާތުގެ ފިރިހެން ޑިވިސަންގެ ފައިނަލަށް ގޮއިދު އާއި ކަމަދޫ ދަތުރުކޮށްފިއެވެ.
މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ގޮއިދޫ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ސެމީގައި ކެންދޫ އާ ކުޅެ ސީދާ ތިންސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ.
ކަމަދޫ ވެސް ފައިނަލަށް ދަތުރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ސެމީ ފައިނަލްގައި ސީދާ ތިންސެޓުން މާޅޮސް ބަލި ކުރުމަށްފަހު އެވެ.
މިއަދު ކުޅެވޭނީ މުބާރާތުގެ ތިން ވަނަ ހޮވާ މެޗެވެ. އެ މެޗުގައި ބައްދަލުކުރާނީ ކެންދޫ އަދި މާޅޮސް ޓީމެވެ.
މި މުބާރާތުގެ ފައިނަލްމެޗް އޮނާނީ މާދަމާ ހަވީރު 4:00 ގައެވެ.
މިމުބާރާތުގެ އަންހެން ޑިވިޝަންގެ ކުޅުން ފަށާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އަންހެން ޑިވިޝަންގައި ވާދަ ކުރަނީ މާޅޮސް، ގޮއިދޫ، ކަމަދޫ އަދި އޭދަފުއްޓެވެ.
މިމުބާރާތަކީ 2016 ވަނަ އަހަރުން ފެށިގެން މާރެސް އިން ކުރިއަށްގެންދާ މުބާރާތެކެވެ.
