ހިތާދޫ ބާގިރު ކުއްލިގޮތަކަށް ނިޔާވެއްޖެ

އަބްދުލްބާޤިރު އަހްމަދު
އަބްދުލްބާޤިރު އަހްމަދު

 

ބ. އަތޮޅަށާއި އޭދަފުއްޓަށް ގިނަ ހިދުމަތްތަކެއް، ދިގު މުއްދަތެއްގައި ކުރައްވާފައިވާ ބ. ހިތާދޫ ގުލޭނޫރަންމާގޭ އަބްދުލްބާޤިރު އަހްމަދު (ހިތާދޫ ބާގިރު) މިއަދު ހެނދުނު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

ހަޔާތުގެ ބޮޑު ބައި އޭދަފުށީގައި ހޭދަކޮށްފައިވާ އުމުރުން 58 އަހަރުގެ ބާޤިރު ނިޔާވީ، ހާޓްއެޓޭކެއް ޖެހިގެން، ބ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް ހެނދުނު 11 ޖަހާ އެހާކަންހާއިރު އެވެ.

55 އަހަރު ވުމުން މިދިޔަ އަހަރު އަމިއްލައަށް ވަޒީފާއިން ރިޓަޔާ ކުރެއްވުމަށްފަހު ބާގިރު ގެންދަވަނީ އޭދަފުށީގައި އަމިއްލަ ހޮޓަލެއް ހިންގަވަމުންނެވެ. ބާގިރު އޭނާގެ ވިޔަފާރީގައި ރޭވެސް ހަރަކާތްތެރިވެ އުޅުއްވި އެވެ.

“އަޅުގަނޑުމެން ރޭ ވެސް ވަރަށް ގިނައިރު ވަންދެން ބާގިރުއާއެކު އޭނާގެ ހޮޓަލުގައި ވާހަކަ ދައްކަންތިބިން، މިއަދު ބާގިރު ނިޔާވި ޚަބަރު ލިބުމާއެކު ކުއްލި ޝޮކެއް ލިބުނީ، އަދިވެސް ގަބޫލުކުރަން ދަތި،” ބާގިރުގެ ރައްޓެއްސަކު ބުންޏެވެ.

ބާގިރު އަކީ 1979 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމައަށް ސަރުކާރުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

2003 ވަނަ އަހަރު ބާގިރު ކުރީގެ ރައީސް މައުމޫނާ ސަލާމުކުރައްވަނީ-- ފައިލް ފޮޓޯ
2003 ވަނަ އަހަރު ބާގިރު ކުރީގެ ރައީސް މައުމޫނާ ސަލާމުކުރައްވަނީ– ފައިލް ފޮޓޯ

 

އެގޮތުން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އެންމެ ފުރަތަމަ ޕްރައިމަރީ ޓީޗަރަކީ ބާގީރު އެވެ. އޭގެ ފަހުން އެ ސްކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރުކަމާއި އެޑިޔުކޭޝަން މިނިސްޓްރީގެ ކޮމިޔުނިޓީ ޓީޗަރ އެޑިޔުކޭޓަރ ކަންވެސް ބާގިރު ކުރައްވާފައިވެ އެވެ. އަދި އޭގެ އިތުރުން ބ. އަތޮޅު އޮފީހުގެ ސެކްރެޓަރީ ކަމާއި، ސީނިއާ ސެކްރެޓަރީ ކަމާއި، އަތޮޅުވެރިޔާގެ އެހީތެރިކަމާއި، އިސްއެހީތެރިޔާކަމާއި އަދި އެ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރުކަމުގެ މަގާމުވެސް އޭވާ ވަނީ އަދާކުރައްވާފަ އެވެ.

ބާގިރުއާއެކު އެކު ގިނަ ދުވަސްތަކެއް އަތޮޅު ކައުންސިލު އިދާރާގައި މަސައްކަތް ކުރެއްވި އަދި މިހާރު އަތޮޅު ކައުންސިލުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާއިޒު މޫސާ ވިދާޅުވީ ބާގިރު ނިޔާވި ހަބަރާ އެކު އެ އޮފީހުގެ އެންމެނަށްވެސް ފުން ހިތާމައެއް ލިބިފައިވާ ކަމަށާއި އޭނާ އަކީ ހިތްހެޔޮ އަދި ހުރިހާ މުވައްޒަފުންނާ ވެސް ގުޅިގެން މަސައްކަތް ކުރެއްވި އެކުވެރިއެއް ކަމަށެވެ.

“ބާގިރު ނިޔާވި ޚަބަރު ލިބުމާއެކު ހުރިހާ މުވައްޒަފުންވެސް ވަރަށް މާޔޫސްވެފައި ތިބީ، ކުއްލި ޝޮކެއް ލިބުނީ، އަޑުއަހާލަން ވަރަށް ހިތާމަވެރި ހަބަރެއް، ބަލައިގަންނަން ވަރަށް އުނދަގޫވި، ހުރިހާ ސްޓާފުންވެސް ކުއްލިއަކަށް ދުއްވައިގަތީ ހޮސްޕިޓަލާ ދިމާއަށް،” ފާއިޒު ވިދާޅުވި އެވެ.

ބާގިރު ނިޔާވިއިރު، އޭނާގެ އަންބަކާއި ތިން ފިރިހެން ކުދިން ދުނިޔޭގައި އެބަތިއްބެވި އެވެ.

dsc_2423

ބާގިރުގެ ކަށުނަމާދު އޮންނަނީ މިރޭގެ މަޣުރިބް ނަމާދަށް ފަހު އޭދަފުށީ ބޮޑު މިސްކިތުގަ އެވެ. ވީހާވެސް ގިނަ ބަޔަކު ކަށު ނަމާދުގައި ބައިވެރިވުމަކީ އެ އާއިލާގެ ވަރަށްބޮޑު އެދުމެކެވެ.

އަލްމަރުޙޫމު އަބްދުލްބާޤިރު އަހްމަދުގެ ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަމެވެ. އަދި ޢާއިލާގެ މެމްބަރުންނަށް އީޓީގެ ފަރާތުން، އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރަމެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. އާދަމް އިބްރާހީމް، ނ. ވެލިދޫ، ޝޭޑީސައިޑް

    އަލްމަރްހޫމް ޢަބްދުލްބާޤިރަކީ، 1979 ވަނައަހަރު އަޅުގަނޑު ބ. އަތޮޅު ތަޢުލީމީ މަރުކަޒަށް ކިޔަވައިދިނުމުގެ ތަޖުރިބާހޯދަން ދިޔަތަނުން ރަޙުމަތްތެރިވި ބޭކަލެއް. ޚުލްޤުހެޔޮ، މާތްބޭކަލެއް. އަޅުގަނޑާއި ޢާއިލާއިން ބާޤިރުގެ ހުވަފަތް އަނބިކަނބަލުން ލަތީފާ ޔޫސުފަށާއި، ދަރިންނާއި، ބާޤިރުގެ މައިންބަފައިންނަށް ތަޢުޒިޔާދަންނަވަން. އަދި ސުވަރުގޭގެ ދާއިމީނިޢުމަތްލެއްވުންއެދި ދުޢާކުރަން.

    ރައްދު
  2. އަޙްމަދު ރަޝީދު = ސީޓޭ

    އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން.
    ބާޤިރު ގެ ހަނދާންތައް އޭދަފުށީގައި ދެމި ހުންނާނެ.

    ރައްދު
  3. Ali Sameer Bin Ibrahim

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون

    “Surely we belong to Allah and to Him shall we return”
    Maruhoom ah suwarugeyge dhaaimiy niumaiy dhehvaashi, aailaa ah kei therikan minvaru kurahwaashi

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.