މާރެސް އަތޮޅު ވޮލީ މުބާރާތުގެ ތަށި މި ފަހަރު ވެސް ގޮއިދު އަށް

މާރެސް އަތޮޅު ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ގޮއިދޫ ޓީމު ތައްޓާއެކު

މާރެސް އަތޮޅު ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ބ. ގޮއިދޫން ހޯދައިފި އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ގޮއިދޫން ހޯދީ މިއަދު ހަވީރު މާޅޮހުގައި ކުޅުނު ފައިނަލް މެޗުގައި ކަމަދޫ ޓީމާ ބައްދަލުކޮށް ސީދާ ތިން ސެޓުން މޮޅުވެގެންނެވެ.

ފައިނަލް މެޗު މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގޮއިދޫގެ އިބްރާހީމް ފަޒީލު އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ކަމަދޫ ޓީމުގެ މުހައްމަދު އަހުމަދު އެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވުނީ މުހައްމަދު އަހްމަދުގެ އިތުރުން އެ ޓީމުގެ ސައްދާމު ހުސައިން އާއި ކެންދޫ ޓީމުގެ އަހްމަދު އާލިފް އާއި ގޮއިދޫގެ ސިރުހާން އަލީ އާއި އާދަމު ނިޒާމް އަދި  އަލީ ޝިމާލް އެވެ.

މިބާރާތުގެ އެންމެމޮޅު ކޯޗަކަށް ހޮވުނީ ގޮއިދޫ ޓީމުގެ ކޯޗު މުހައްމަދު ނިޒާމު އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000ރ ވަނީ ދީފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަދޫ ޓީމުގެ މުހައްމަދު އަހުމަދު

މިމުބާރާތުގެ އަންހެން ޑިވިޝަންގެ ކުޅުން ފަށާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.  އަންހެން ޑިވިޝަންގައި ވާދަ ކުރަނީ މާޅޮސް، ގޮއިދޫ، ކަމަދޫ އަދި އޭދަފުއްޓެވެ.

މިމުބާރާތަކީ 2016 ވަނަ އަހަރުން ފެށިގެން މާރެސް އިން ކުރިއަށްގެންދާ މުބާރާތެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.