މާރެސް ވޮލީ މުބާރާތް: ގޮއިދޫ ފައިނަލާ ގާތަށް

ގޮއިދޫ ޓީމުން މާރެސް އަތޮޅު ވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

ގޮއިދޫން ވަނީ އިއްޔެ  ކުޅުނު ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުން ކަމަދޫ އަތުން ވެސް މޮޅެއް ހޯދައިފި އެވެ. ވާދަވެރިކޮށް ދިޔަ މި މި މެޗު ގޮއިދޫން ކާމިޔާބުކުރީ 3-2 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-22، 17-25، 25-21 އަދި 7-25 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގޮއިދޫ ޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ރިޒްވާނާ އަބޫބަކުރު އެވެ.

މުބާރާތުގައި ރޭ ކުޅުނު މެޗުން މާޅޮސް މޮޅުވީ އޭދަފުއްޓާ ކުޅެ ތިން ސެޓު އެއް ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-16، 22-25، 25-11 އަދި 14-17 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ މާޅޮސް ޓީމުގެ މާޔާ ހުސައިން ސޮލާހު އެވެ.

މި މުބާރާތުގައި މިއަދު ކުޅޭނީ ގްރޫޕް ސްޓޭޖުގެ ފަހު ދެ މެޗެވެ. ހަވީރު ކުޅޭ ފުރަތަމަ ކަމަދޫ ނުކުންނާނީ އޭދަފުއްޓާ ދެކޮޅަށެވެ. މިރޭ ކުޅޭ ގްރޫޕް ސްޓޭޖުގެ ފަހުމެޗުގައި މާޅޮސް އާ ދެކޮޅަށް ކުޅޭނީ ގޮއިދޫ އެވެ.

މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗު އޮންނާނީ މި މަހު 27 ގަ އެވެ. އަދި ފައިނަލް މެޗު އޮންނާނީ މި މަހު 28 ވަނަ ދުވަހު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.