
ބ. މާޅޮހުގައި މިހާރު ކުރިއަށްދާ މާރެސް އަތޮޅު ވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުގެ ފުރަތަމަ ޖާގަ ގޮއިދޫ ޓީމުން ހޯދައިފި އެވެ.
މުބާރާތުގެ ގަވާއިދުގައިވާ ގޮތުން، ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭނީ ގުރޫޕް ސްޓޭޖުގެ އެއްވަނަ ހޯދާ ޓީމަކަށެވެ. ގުރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން މިދިޔަ ތިން އަހަރުގެ ޗެމްޕިއަން ގޮއިދޫ ޓީމު ވަނީ މޮޅުވެފައެވެ.
އިއްޔެ ހަވީރު ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މާޅޮސް އާ ވާދަކޮށް ގޮއިދޫން ފަސޭހަ ކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބު ކުރި އެވެ. ގޮއިދޫ ޓީމުން ސެޓުތައް ގެންދިޔައީ 18-25، 23-25 އަދި 25-27 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގޮއިދޫ ޓީމުގެ ޝަފްނާ އިބްރާހިމް އެވެ.
އަންގާރަ ދުވަހު ހަވީރު ކުޅޭ ފައިނަލް މެޗުގެ ދެވަނަ ޖާގަ އަށް ވާދަ ކުރާނީ މާދަމާ ހަވީރު މާޅޮސް އާއި ކަމަދޫ ޓީމާ ދެމެދުގައި ކުޅޭ ސެމީ ފައިނަލުގެ މެޗުން މޮޅުވާ ޓީމެކެވެ. މުބާރާތުގެ ހުރިހާ މެޗަކުން ބަލިވެ އޭދަފުށި ވަނީ މުބާރާތުން ކަޓައިފަ އެވެ.
މި ފަހަރުގެ މާރެސް އަތޮޅު ވޮލީ މުބާރާތް ކުރިއަށް މި ދަނީ ކޮވިޑް-19 އާ ގުޅިގެން ދެ އަހަރެއްގެ މެދުކެނޑުމަކަށް ފަހު އެވެ. މި މުބާރާތުގެ ފިރިހެން ޑިވިޝަން މިއަހަރު ވެސް ކާމިޔާބުކުރީ ގޮއިދޫންނެވެ.
