ކުނި މެނޭޖުކުރުމަށް ބޭނުންވާ މެޝިނަރީޒް ފޯރުކޮށްދޭނެ ބަޔަކު ހޯދަނީ

ބ. އަތޮޅުގެ ރަށްތަކުގައި ކުނި މެނޭޖުކުރުމަށް ބޭނުންވާ މެޝިނަރީޒް ފޯރުކޮށްދޭނެ ބަޔަކު ހޯދަން ބ. އަތޮޅު ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ ބ. އަތޮޅުގެ ރަށްތަކުގައި ކުނި މެނޭޖްކުރުމަށް ބޭނުންވާ 4 ކޮމްޕޯސްޓިން މެޝިނާއި ތިން ޑީ ވޯތަރިން މެޝިނާއި އަދި ތިން ގްރީން ވޭސްޓް ޝްރެޑަރ ގަންނަން ބޭނުންވާތީ، އަގު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 20 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.

މި ބީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން 25،000ރ. ބިޑް ޝެކިއުރިޓީގެ ގޮތުގައި ބަހައްޓަން ޖެހެ އެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އަންނަމަހުގެ 20 އަށް ހަމަވާ އިރު ބިޑް މި މަސައްކަތާގުޅޭ މައުލޫމާތު ސާފުކުރުމާއި ޕްރީބިޑް މީޓިން  އޮންނާނީ އަންނަމަހުގެ 6ވަނަ ދުވަހު އެވެ.

އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް ހުޅުވާލާފައިވަނީ ޖުލައި 6 ވަނަ ދުވަހުގެ 8:00 – 14:00 އަށެވެ.

ބ. އަތޮޅުގެ ރަށްތަކުގައި ކުނި މެނޭޖުކުރުމަށް ބޭނުންވާ މެޝިނަރީ ފޯރުކޮށްދޭނެ ބަޔަކު ހޯދަން ހުޅުވާލިއިރު، އެ ކަމަށް 8.8 މިލިއަން ރުފިޔާ އަތޮޅު ކައުންސިލުގެ މި އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.