ބ. ސެންޓްރަލް ޗެލެންޖު އަންނަ ބުދަ ދުވަހު ފަށަނީ

ބ. ސެންޓްރަލް ޗެލެންޖުގެ ނަމުގައި އަތޮޅަށް ހުޅުވާލައިގެން ދަރަވަންދޫގައި ބާއްވާ ފުޓްސަލް މުބާރާތް އެމްވީ ޔުނައިޓެޑް އާއި ކިހަވައް ސްޓްރައިކާސް މެޗުން އަންނަ ބުދަ ދުވަހު ފަށަން ނިންމައިފި އެވެ.

ދަރަވަންދޫ ފުޓްސަލް ދަނޑުގައި ކުޅޭ މި މުބާރާތުގައި ބ. އަތޮޅުން 12 ޓީމު ވާދަކުރެއެވެ. އެއީ އެމްވީ ޔުނައިޓެޑް އާއި ކިހަވައް ސްޓްރައިކާސްގެ އިތުރުން ޔުނައިޓެޑް މަލަންމަގު، ކިންގްސް ޔުނައިޓެޑް، ވެލާ ސްޕޯޓްސް ކްލަބް، އެފްސީ ގޯލްޑަން ސްޓާ، ޓީމް މާޅޮސް، ދުސިތު ތާނީ މޯލްޑިވްސް، ރީތި ބީޗް ރިސޯޓް، މިލައިދޫ މޯލްޑިވްސް، ޓީމް ރޯޔަލް އަދި އަމިއްލަ މޯލްޑިވްސް އެވެ.

މިމަހުގެ 30 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތް ވެގެންދާނީ ބ. އަތޮޅުގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތަށެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް 10000 ރުފިޔާގެ އިނާމެއް ވަނީ ކަނޑައަޅައިފަ އެވެ.

ދަރަވަންދޫ އެކުވެރި ޒުވާނުންގެ އިސްނަގައިގެން މި މުބާރާތް އިންތިޒާމުކުރަނީ ދަރަވަންދޫ ކައުންސިލާއި އެރަށުގެ ހަރަހެރި ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި އެސޯސިއޭޝަން ފޯ ޔޫތު ޑިވެލޮޕްމެންޓް އެންޑް އެމްޕަވާމެންޓް ގުޅިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.